ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

މުލަކުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފި

މުލަކަތޮޅު މުލަކުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.

މުލަކުގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަތްމަންދޫ އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑު ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މިކާޑައި ރަށު ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މަޑުއްވަރި ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖަމާލް އެވެ.

މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިދާރީ ދާއިރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ އެ ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށް ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ނިޒާމުގެ ސަބަބުން ޚިދުމަތްތައް މަރުކަޒުވުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މިރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި ޚިދުމަތް ފެށުމާއެކު ރަށުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމުގެ ލުއި ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ މަގުފަހިވާކަން ފާހަގަކޮށް ސީއީއޯ ޝަރީފް ވަނީ މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މުލަކުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްއިން މިއަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ހިންނަވަރުގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

އެކްސްޕީރިއަންސް މޯލްޑިވްސް ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފި

Env pos launch event (3)

ބީއެމްއެލުން އީއެންވީ ޕޮސްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް، ކޮންމެ މުއާމަލާތަކުން ތިމާވެއްޓަށް އެހީއެއް!

TTH_advertisement