ކުއްލި ޚަބަރު

ޣައްޒާގެ ރަށްތަކުން އާންމުން ގަދަކަމުން ބޭރުކުރަން ފަށައިފި، ދެކޮޅުހަދާ އެންމެންނަށް މަރު!

ހަނގުރާމަ ހުއްޓާލުމަށް، ނަތަންޔާހޫ އަނެއްކާވެސް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފި

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ރަވާފް މިނާއިން ދިން ޔަޤީންކަމަކީ ދިވެހި ޙާޖީންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދޭނެކަން

ޙައްޖުގެ މަޝާއިރުތަކުގައި ހިމެނޭ ކޮންމެ ކަމަކީ އެކަންކަން ކުރުން ދޫކޮށް ނުލެވޭ ކަންކަމެވެ. އެގޮތުން މިފަދަ އެއްތަނަކީ މިނާއެވެ.

ޙައްޖުގެ މަޝާއިރުތައް ފަށަނީ މައްކާގެ ސަރަޙައްދާ ގުޅިގެން މާތް ﷲ މާތް ކުރައްވާފައިވާ މިނާއިންނެވެ. ޙައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ. މިނާއަކީ މުސްލިމުންނަށް ވަރަށް ބޮޑު ތާރީޚެއް އޮތް ތަނެކެވެ.

އެހެންކަމުން މިނާގައި އެތައް މިލިޔަން ބަޔަކު ތިބޭއިރު އެއީ ފަސޭހަ ކަމެއްވެސް ނޫނެވެ. ދިވެހި ޙައްޖާޖީންވެސް މިހާތަނަށް މިނާގެ ޓެންޓު ނުވަތަ ފޭލިގެތަކުގައި ތިބެނީ އެހެން ބައެއް ޤައުމުތަކުގެ ޙާޖީންނާއެކުއެވެ. ޙާޖީން ބޭނުންކުރާ ފާޚާނާތަކަކީވެސް އެހެން ޤައުމުތަކުގެ މީހުންވެސް ބޭނުންކުރާ ފާޚާނާތަކެކެވެ. އަދި މިނާގައި ތިބޭ ދުވަސްތަކުގައި ކެމުގެ އިންތިޒާމުތަކަކީވެސް އުނދަގޫ އިންތިޒާމުތަކެކެވެ. ދިވެހި ކެއުންތައް ޙާޖީންނަށް ދިނުން އޮންނަނީ ދަތިކަމަކަށްވެފައެވެ.

ނަމަވެސް ދިވެހި ސަރުކާރުން ސަޢޫދި ޢަރަބިއްޔާގެ ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ދިވެހި ޙާޖީންނަށް މިނާގައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވުމެވެ. މީގެ ކުރިން ދެމުން ދިޔަ “ސީ ކެޓަގަރީ”ގެ ޚިދުމަތުގެ ބަދަލުގައި މިފަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބޭނީ “ބީ ކެޓަގަރީ”ންނެވެ. މިއީ ދިވެހި ޙާޖީން މިނާގައި ހޭދަކުރާ ވަގުތުތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

އެންމެ ބޮޑު ލުޔެއް ލިބޭނެ އެއްކަމަކީ ނިދުމެވެ. މީގެ ކުރިން އެކި ޤައުމުތަކުގެ ޙާޖީންނާއެކު ފޭލިގެތަކުގައި ގޮދަޑި އަޅައިގެން ނިދިނަމަވެސް މިފަހަރު ދިވެހިންނަށް ޚާއްޞަ ފޭލިގެތައް ހުންނާނެއެވެ. އެ ފޭލިގެތަކުގައި އެހެން އެއްވެސް ޤައުމެއްގެ ބަޔަކު ނުތިބޭނެއެވެ. ނިދުމަށް ހުންނާނީ ކޮންމެ ޙާޖީއަކަށް ސޯފާ އެނދެވެ. މިއީ އަޅުކަމުގައި ތިބުމަށްވެސް ޙާޖީންނަށް ލިބޭނެ ފަސޭހައެކެވެ. އަދި ހުންނާނީ ދިވެހީންނަށް ޚާއްޞަ ފާޚާނާތަކެވެ.

އަނެއް ބަދަލަކީ ކެއުން ބުއިމެވެ. މީގެކުރިން މުތައްވިފް (ޓެންޓުގެ އިންތިޒާމުތައް ހަމަޖައްސާ އޭޖެންޓު) މެދުވެރިކޮށް ދިވެހިންނަށް ޕާރުސަލުގައި ކެއުން ބެހިނަމަވެސް މިފަހަރު ކެއުން ބުއިމަށް ހުންނާނީ ބުފޭއެވެ. ދިވެހިންނާ ގުޅޭ ކެއުންތައް ލިބޭނެއެވެ.

ދިވެހި ޙާޖީންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޙައްޖު މިޝަނާއި ޙައްޖު ކޯޕަރޭޝަނުން ވަނީ މުޠައްވިފް ކަމުގައިވާ ރަވާފް މިނާގެ އިސްވެރިންނާ ބައްދަލުކުރައްވާ ދިވެހި ޙާޖީންނަށް އެންމެ ފަސޭހަ އަދި ލުއިވާނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރަވާފް މިނާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓު އިޙްސާން އޮމްރަން ކަތެބް ވިދާޅުވީ، ދިވެހި ޙައްޖާޖީން މިނާގައި ބެލެހެއްޓުމުގައި އޭނާ ހަރަކާތްތެރިވާތާ 9 އަހަރުވެފައިވާކަމަށާއި، ނަމަވެސް މިއަހަރަކީ ތަފާތު އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ޙައްޖުވެރިންނަށް ދެވޭނެ އަހަރެއްކަމަށެވެ.

“މިއަހަރު ދިވެހިރާއްޖެއަށް މިވަނީ ޙައްޖުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށްދީފައި. އެގޮތުން ބީ ކެޓަގަރީއަށް ވަނީ މަތިވެފައި. ބުފޭއާއި، ފެންވަރު ރަނގަޅު ސޯފާ އެނދުތަކާ އެހެނިހެން ރަނގަޅު ވަސީލަތްތައް މި ކެޓަގަރީގައި ހިމެނޭ. އަޅުގަނޑުމެން އުންމީދުކުރަނީ މިފަހަރު ދިވެހި ޙައްޖާޖީންނަށް ލިބޭ ޚިދުމަތްތަކަކީ މީގެ ކުރިން ނުލިބޭފަދަ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބޭނެކަމަށް.” އިޙްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހި ޙައްޖާޖީންނަށް ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

“ދިވެހިރާއްޖެއިން އަންނަ ޙައްޖާޖީންނަށް މަރުޙަބާ ކިޔުމާ ގުޅޭ އެގްރީމެންޓެއްގައި އަޅުގަނޑުމެން ވަނީ ސޮއިކޮށްފައި. ދިވެހިރާއްޖެއިން އަންނަ ހުރިހާ ފްލައިޓަކަށް އަޅުގަނޑުމެން މަރުހަބާ ކިޔުމުގެ ކަންކަން ކުރިއަށްގެންދާނަން. މިކަމުގެ ތަފްސީލުތަކުގެ ވާހަކަ ސަޕްރައިޒެއްގެ ގޮތުގައި ބާއްވަމާ” އިޙްސާން ވިދާޅުވިއެވެ.

ރަވާފް މިނާގެ ފަރާތުން ވަނީ ދިވެހި ޙައްޖާޖީންގެ ޙައްޖުގެ ކަންކަން އިންތިޒާމުވެފައިވާގޮތާއި، ބަހުގެ ރޫޓުތައް ބެލެހެއްޓުންފަދަ އޮޕަރޭޝަންތައް ކުރިއަށްދާގޮތްވެސް، ދައްކާލާފައެވެ. ރަވާފް މިނާއިން ފޯރުކޮށްދޭ ޚިދުމަތުގައި އެންމެ އިސްކަންދޭނެ ބަޔަކީ ދިވެހީންކަމުގެ ޔަޤީންކަންވެސް އެފަރާތުންވަނީ ދެއްވާފައެވެ.

ޙައްޖުވެރިން މިނާގައި ތިބޭއިރު، ފިނިކުރުމަށް ކޮންމެ ޙާޖީއަކަށް ފަންކާއާއި، ފެންފުޅި އަދި ކުޑައެއް ހަދިޔާއެއްގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ރަވާފް މިނާއިން ބުންޏެވެ.

ކޮންމެ އަކަސް މިއަހަރު ދިވެހި ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެއެވެ. ޙައްޖާޖީންގެ ދަތުރުފަތުރާއި، ޙައްޖާޖީން މައްކާ އަދި މަދީނާގައި ތިބޭ ތިބުމުގެ އިތުރުން ޙައްޖުގެ މަނާސިކްތައް އަދާކުރުމުގައިވެސް ލުއި ގޮތްތައް ފަހިކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Dhig

ދިއްގަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

Djj

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި އެންޑީއޭ ގުޅިގެން މަސައްކަތްކުރަން އެއްބަސްވެއްޖެ

]

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ޓެގް އަޅުވާފައި ދޫކޮށްލަން ފަށައިފި

8yj

ހިޔާ ސަރަހައްދުގައި މާރާމާރީ ހިންގި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

TTH_Advertisement ELL Mobile Advertisement