ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ރޭސާސް އެމްވީގެ ކުޑަކުދިންގެ އެތްލެޓިކްސް ހަރަކާތަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފި

“ކިޑްސް އެތްލެޓިކްސް ޑޭ” އާއި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން “ރޭސާސް އެމްވީ” އިން ބޭއްވި “ހެލްތީ ކިޑްސް ފޯ ދަ ފިއުޗާ” ހަރަކާތަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މެޑިކަލް ޕާޓްނަރެއްގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ގުޅިގެން ރޭސާސް އެމްވީއިން އިންތިޒާމްކުރި މި ހަރަކާތް ކުރިޔަށްގެންގޮސްފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން، މީގެ ކުރިން އޫރީދޫ ފަން ރަން، ދިރާގު ރޯޑް ރޭސް، މޯލްޑިވްސް ހާފް މެރަތަން އަދި އެހެނިހެން ގިނަ ހަރަކާތްތަކުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭއްވޭ މިފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަރުޙަބާ ކިޔައެވެ. އަދި އެއާއެކު ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގަސްތުކުރާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗް.ޑީ.ސީ އިން ބޭއްވި ކުޑަކުދިންގެ ހަވީރުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބައިވެރިވެ، ހިލޭ ދަތުގެ ސްކްރީނިންގ ހިދުމަތް ފޯރުކޮށްދީފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ ގިނަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަނަނީ މުޖުތަމުއުގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ސިއްޙީ ގޮތުން ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ވިސްނުމުގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާ ބެހޭ ގޮތުން

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަހިބަދޫ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި ރައީސް ފައްޓަވައިދެއްވައިފި

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

މި ސަރުކާރުން ދައްކަމުން އެދަނީ ނިމިދިޔަ 2 ސަރުކާރުން ނެގި ލޯނުތައް: މެންބަރު ޠާރިޤު

މަޖިލީޙުގެ މި ދައުރަށް 27 ބިލެއް ހުށަހާޅާނެ: ރައީސް

TTH_advertisement