ޓްރީޓޮޕް ހޮސްޕިޓަލުން 2025 ވަނަ އަހަރުގެ ދެވަނަ ކޮމިއުނިޓީ ހެލްތު އިނީޝިއޭޓިވްގެ ގޮތުގައި ދ. ކުޑަހުވަދޫގައި ދެ ދުވަހުގެ ހެލްތު ކޭމްޕެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މެއި 16 އިން 17 އަށް ކުރިޔަށްގެންދެވުނު މި ކޭމްޕުގައި 400 އެއްހާ މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ.
ތަޖުރިބާކާރު މެޑިކަލް ޓީމެއްގެ ޚިދުމަތް
މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ކޮންސަލްޓަންޓް ޑޮކްޓަރުން ބައިވެރިވެފައިވެއެވެ.
• ޑރ. ޒާކިޔާ އަހްމަދު – އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް، ޚާއްސަކޮށް ކޮނޑުހުޅާއި ކުޅިވަރުގެ އަނިޔާތައް
• ޑރ. ޗަންދްރަޝޭކަރު ރަވާލް – ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މެހްމެޓް އޮޑަރ – ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަނޫ އަގްރަވާލް – ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަރްޗަނާ ޝަރްމާ – ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އުކްތަމް އަބްދުއްލައެވް – ޖެނެރަލް ސާޖަން
ޞިއްޙީ ހޭލުންތެރިކަމާއި ތަމްރީން
މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ޑރ. ޒާކިޔާ އަޙްމަދު ، އަންހެނުންގެ ޞިއްޙަތާއި ދަރިމައިވުމާ ގުޅޭ ޚާއްސަ މަޢުލޫމާތު ސެޝަންއެއް ކުރިޔަށްގެންގޮސްފައިވެއެވެ. އަދި ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ބައިވެރިންގެ އެހީތެރިކަން
މި ހެލްތް ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމުގައި އަތޮޅު ހޮސްޕިޓަލް، އަތޮޅު ކައުންސިލް، ކުޑަހުވަދޫ ކައުންސިލް، އަދި ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ދެއްވި އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޝުކުރު އަދާކުރަމެވެ.
އަދި މި ހެލްތް ކޭމްޕްގެ ވައިގެ ދަތުރުތައް އިންތިޒާމްކޮށްދިނުމުގައި ޓްރެވަލް ޕާޓްނަރެއްގެ ހައިޞިއްޔަތުން މަންޓާ އެއާއިން ދެއްވި އެއްބާރުލުމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަތީ ފެންވަރުގެ ސިޢްޙީ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުން
400 އެއްހާ ރައްޔިތުންނަށް ޚިދުމަތް ދެވުނު މި ކޭމްޕަކީ އަތޮޅުތަކުގައި ސްޕެޝަލިސްޓް މެޑިކަލް ޚިދުމަތްތަކަށް ހުރި ބޭނުންތެރިކަން ދައްކުވައިދޭ ކަމެކެވެ. ހަމައެއާއެކު މާލެއިން ބޭރުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުން މަސައްކަތް ކުރާކަން ފެނިގެންދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.