ކުއްލި ޚަބަރު

ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ބަދަލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދެކުނަށް ވައިޓް އެލާޓް ނެރެފި

އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

Grkrumyxcaaepcz
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން — ފޮޓޯ: އެސްޓީއޯ

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމައިފިއެވެ.

މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމާފައިވަނީ ނަސަންދުރާގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައެވެ.

އަހަރީ އާންމު ޖަލްސާގައި، ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99.9 ޕަސެންޓް ވޯޓުންނެވެ. ޖަލްސާގައި ހިއްސާދާރުންގެ ތެރެއިން ބައިވެރިވީ 229 ހިއްސާދާރެކެވެ.

އެސްޓީއޯ އިން 2023 އަހަރުގެ ފައިދާ އިން ވެސް ބަހަން ނިންމާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ. އެއީ ފާއިތުވި 11 އަހަރުގެ ތެރޭގައި އެ ކުންފުނިން ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 15 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއާ އަޅައިބަލާއިރު ހަ ޕަސެންޓް މަދު އަދަދެކެވެ.

މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 2.4 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާއަށް ލިބުނީ 717 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Grkimebwwaara9m 2

ބަންކަރިންގެ ހިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

hdc-festival

“މައި ހުޅުމާލޭ ފެސްޓިވަލް” ކާމިޔާބުކަމާއެކު ނިންމާލައިފި

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިއަށްއޮތީ މޫސުން ގޯސްވާނެ ތިން ދުވަސް: މެޓް

401498 1e5a5679 7

“ކިޑްސް އެތްލެޓިކްސް ޑޭ” ނިންމާލައިފި

ELL Mobile Advertisement TTH_Advertisement