ކުއްލި ޚަބަރު

އީރާނުގެ ޖަލަށް އިސްރާއީލުންދިން ހަމަލާގެ ތަފްސީލް އީރާނުން ފުރަތަމަ ފަހަރަށް ހާމަކޮށްފި. 71 ގައިދީން މަރުވި

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި

ކަނޑަށް ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި

އައްޑޫ ނޭޗާ ޕާކުން ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Ass 1 945x630

ބަޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ނޭޗާ ޕާކުން ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

“ސަސްޓައިނަބަލް ޕްރެކްޓިސެސް އިން ދަ މޯލްޑިވްސް” ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. މުބާރާތަށް ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކާ ގުޅޭ ފޮޓޯތަކެވެ.

އައްޑޫ ނޭޗާ ޕާކުން މައުލޫމާތު ދެއްވި ގޮތުގައި ކޮންމެ ބައިވެރިއަކަށް ވެސް މުބާރާތަށް ދެ ފޮޓޯ ހުށަހެޅިދާނެއެވެ. ފޮޓޯތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަހެވެ. އައްޑޫ ނޭޗާ ޕާކުގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހަޅައިގެން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގައި އެންމެ މޮޅު ތިން ފޮޓޯ ހޮވައި، އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 3,500 ރުފިޔާ، ދެވަނައަށް 2,500 ރުފިޔާ އަދި ތިންވަނައަށް 1,500 ރުފިޔާ ލިބޭނެއެވެ.

ބަޔޯޑައިވަސިޓީ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި 22 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައްޑޫ ނޭޗާ ޕާކުގެ ނަންބަރު 7580059 އަށް ގުޅުމަށް އެ ފަރާތުން އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl

އެމް.އޭ.ސީ.އެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

raees muiz

ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

އީރާނުގެ ޖަލަށް އިސްރާއީލުންދިން ހަމަލާގެ ތަފްސީލް އީރާނުން ފުރަތަމަ ފަހަރަށް ހާމަކޮށްފި. 71 ގައިދީން މަރުވި

ޤަޠަރުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި

TTH_advertisement ELL Mobile Advertisement