ކުއްލި ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި

އެސްއީޒެޑްގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައިފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

ޕީއެންއެފްގެ ޖަލްސާގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކުރުމުން ބްރޯޑްކޮމްގެ ކަންބޮޑުވުން

01j33bjaab81abptfrm0w82zp1
ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން — ފޮޓޯ/ ތޭރަ އޮންލައިން

ސަންގު ޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާއަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ފުރައްސާރަކުރި މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި އެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގެންފައެވެ.

މަދަދާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބުކުރާ އިރު، ޒާތީ ތައައްސުބުން އެއްކިބާވެ އިހުތިރާމާއެކު ކޮންޓެންޓް ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިފަހަކަށް އައިސް ބައެއް ފަރާތްތަކުން އެކިއެކި ފޯރަމްތަކުގައާއި އެއްވުންތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަކުރަމުންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ ގޮތްގޮތަށް ނޫސްވެރިންނަށް އަމާޒުކޮށް ދެކެވޭ ވާހަކަތައް ބްރޯޑްކާސްޓްކުރުމުގައި ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކުރާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ޕީއެންއެފްގެ ޖަލްސާގައި އެ ޕާޓީގެ އެކްޓިވިސްޓް އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ބުނީ މަދަދާ ފިޔަވައި އެހެން ނޫސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާފައިވަނީ އެހެން ހުރިހާ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވުމަށްފަހު ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވަނީ، ރައީސް ކުރައްވާ ދަތުރުތަކުގައި ބައިވެރިވާ ކުއްޖަކީ މަދަދާތޯ ސުވާލު އުފައްދަވައިފައެވެ. އަދި “މަ ދާ ތަނަކަށް މަދާދާ ދަނީ؟” ތޯ ވެސް ޔާމީން ސުވާލުކުރެއްވިއެވެ.

މަދަދާއާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވާހަކަދެއްކެވިއެވެ. ޖަމީލު ވާހަކަދެއްކެވީ މަދަދާގެ “ޑްރެސްކޯޑް”އާ ގުޅޭގޮތުންނެވެ.

އޭގެ ފަހުން ޖޯކެއްގެ ގޮތަށް ރައީސް ޔާމީން ވަނީ “އެއީ ހާއްސަ ކުއްޖެއްތޯ؟” ވެސް ސުވާލުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕީއެންއެފްގެ ރައީސްކަމަށް ޔާމީން އަދި ނައިބުންނަށް ޖަމީލާއި ޒެއިން ހޮވިއްޖެ

Yameen

ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި

ޕީއެންއެފްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި، ބްރޯޑްކޮމްގެ އައިޓީ އޮފިޝަލު ވަކިކޮށްފި

TTH_advertisement