ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ “ފިޒިއޯ ކުލިނިކު”ގައި އެ ހާދިސާ ހިނގީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަކުއްޖަކަށް ޖިސްމާނީގޮތުން އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ ރާޖޭސްވަރީ ސިވަކުމާރް އަދި އުމުރުން 24 އަހަރުގެ އެޝާ އެންޓޮނެޓޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ޝާމިލުވި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ކުލިނިކު ވަގުތީގޮތުން އިއްޔެ ވަނީ ބަންދުކޮށްފައެވެ.

ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

TTH_advertisement ELL Mobile Advertisement