ކުއްލި ޚަބަރު

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ޣައްޒާ މައްސަލަ އަސްކަރީ ހަމަލާދީގެން ހައްލު ނުކުރެވޭނޭ ކަމަށް، އިސްރާއީލަށް ހަތިޔާރުދޭ ޖަރުމަނުން ބުނެފި

ޣައްޒާގައި އިސްރާއީލުން ކުރަން އުޅޭކަމެއް އަސްކަރީ ހަމަލާދީގެން ހާސިލް ނުކުރެވޭނޭ ކަމަށް، ޖަރުމަނުގެ ފޮރިން މިނިސްޓަރ ޔޯހާން ވާޑެފުލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އިސްރާއީލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، އިސްރާއީލުގެ ވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގައެވެ.

ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން ޖަރުމަނުގެ ފޮރިން މިނިސްޓަރ ޔޯހާން ވާޑެފުލް ދެއްކެވި އެކިއެކި ވާހަކަތައް، ޖަރުމަނު ފޮރިން މިނިސްޓްރީން އެކްސްގައި ޕޯސްޓްކޮށްފައި ވެއެވެ.

އެގޮތުން، އެއް މެސެޖްގައި ބުނެފައިވަނީ، ޣައްޒާގެ މައްސަލަ އަސްކަރީގޮތުން ކާމިޔާބު ނުކުރެވޭނޭ ކަމަށް، ފޮރިން މިނިސްޓަރ ޔޯހާން ވާޑެފުލް އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރްއަށް ދެންނެވި ކަމަށެވެ.

ހަމަ އެއާއެކު، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ސީރިއަސް މަޝްވަރާތަކެއް ކުރުމަށް އޭނާ އިސްރާއީލަށް ގޮވާލައްވާފައި ވެއެވެ.

އަދި ޣައްޒާ އަލުން އާރާސްތުކުރުމަށް “ސިޔާސީ ހައްލެއް” ހޯދުމަށާއި، އަދި އެކަން ކުރެވެންޖެހޭނީ ހަމާސްއާ ނުލައި ކަމަށްވެސް، ޖަރުމަނުގެ ފޮރިން މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ޣައްޒާ އަލުން އާރާސްތުކުރުމާ ގުޅޭގޮތުން، ފަލަސްތީނު ސަރުކާރަށް ބޮޑު ދައުރެއް އޮންނަގޮތަށް އަރަބީން ހުށަހަޅާފައިވާ ޕްލޭނަކީ ރަނގަޅު ފެށުމަކަށް ވާނޭ ކަމަށްވެސް ޔޯހާން ވާޑެފުލް ވިދާޅުވިއެވެ.

ޔޯހާން ވާޑެފުލް ވިދާޅުވެފައިވަނީ، ޣައްޒާއަކީ ފަލަސްތީނުގެ ބައެއް ކަމަށާއި، ޣައްޒާގައި ތިބި ފަލަސްތީނުގެ މީހުންނަށް ޣައްޒާގައި މުސްތަގްބަލެއް އެބައޮތް ކަމަށާއި، އެމީހުން ގަދަކަމުން ޣައްޒާއިން ބޭރު ނުކުރެވޭނޭ ކަމަށް އޭނާއާއި އިސްރާއީލުގެ ފޮރިން މިނިސްޓަރުވެސް އެއްބަސްވާ ކަމަށެވެ.

ޖަރުމަނު ފޮރިން މިނިސްޓަރ ޔޯހާން ވާޑެފުލް ވިދާޅުވެފައިވަނީ، އިސްރާއީލު ސިފައިން ޣައްޒާގައި ތިބެވޭނީ “ވަގުތީގޮތުން” ކަމަށެވެ.

ޖަރުމަނު ފޮރިން މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމަ ނުވަތަ ޣައްޒާގައި އިސްރާއީލުން ހާސިލްކުރަން ބޭނުންވާ އެއްވެސް ކަމެއް އަސްކަރީގޮތުން ހާސިލް ނުކުރެވޭނޭ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ވިދާޅުވިއިރު، ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއީލުން ބޭނުންކުރާ ހަތިޔާރާއި ބޮމުގެ 99 އިންސައްތަ ފޯރުކޮށްދެނީ އެމެރިކާއާއި ޖަރުމަނުން ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސެމްސަންއާ ގުޅިގެން އިސްރާއީލުން ދުނިޔޭގައި ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތައް

ޚާން ޔޫނިސްއާއި، ގާޒާ ސިޓީއަށް ވަރުގަދަ ހަމަލާތަކެއް، މިއަދުގެ މިހާތަނަށް 3 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ވެރިޔަކަށް އެމެރިކާއިން ހުށަހަޅަނީ ޓްރަމްޕް، ހޯމަދުވަހު ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާނެ

ނިއުޔޯކް ސިޓީއަށް ދާކަށް ބިރެއް ނުގަނޭ، ހައްޔަރު ކޮށްފާނެ ކަމަށްވެސް ބިރެއް ނުގަނޭ: ނަތަންޔާހޫ

TTH_advertisement