ކުއްލި ޚަބަރު

މޫސުމީ ދޫނިތައް ހިފާނަމަ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

އިންޑިއާ ޕާކިސްތާނު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެ ދެ ޤައުމުން އެއްބަސްވުމާ ގުޅިގެން ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އިޢުލާނުކުރި ކުރުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. އަދި އެ ދެ ޤައުމުގެ ވެރިންނަށް ސުލްޙައާއި ޑައިލޮގްގެ މަގު ޚިޔާރުކުރުމަށްޓަކައި، އަދި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ފިޔަވަޅުތަކެއް އެޅުއްވި ކަމަށްޓަކައި ޚަލީލު ވަނީ ތަޢުރީފު ކުރައްވާފައެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގެ ތެރޭގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންތަކަކަށް ހަމަލާދީ މަރާލުމާ ގުޅިގެން ޕާކިސްތާނާއި އިންޑިޔާގެ މަޝްރަޙު ވަރަށް ބޮޑަށް ގޯސްވެ ދެ ގައުމުން ވަނީ ހަނގުރާމަ ފަށާފައެވެ. އިންޑިޔާ އިން ދިން މިސައިލް ހަމަލާތަކަށް ރައްދު ދިނުމަށް ޕާކިސްތާނުން ވަރުގަދަ ހަމަލާތަކެއް އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދަށް ވަނީ ދީފައެވެ. މިހަމަލާ ބަދަލުކުރުން ތަކުގައި ދެގައުމުން ވެސް ވަނީ އެތަށް ބަޔަކު މަރުވެފައެވެ.

އިންޑިޔާ އާއި ޕާކިސްތާން ހޮނިހިރު ދުވަހު ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

“އެމެރިކާ މެދުވެރިވެ ދިގު ރެއެއްގެ މަޝްވަރާތަކަކަށްފަހު، އިންޑިޔާ އާއި ޕާކިސްތާން ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަން އިޢުލާނުކުރުމަށް އަހަރެން އުފާކުރަމެވެ،” ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްލީގައި ބާރުގަދަ އެއްޗެއް ގޮއްވައި ބަޔަކު މަރުވުން: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދިއްލީގެ ރެޑްފޯޓްގައި ބާރުގަދަ ގޮވުމެއް: 8 މީހަކު މަރުވެ 24 މީހަކު ޒަޙަމްވެއްޖެ

ޕާކިސްތާނުން ސައޫދީ އާއިއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުމްބާއީ ފެންބޮޑުވެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް

TTH_advertisement