ކުއްލި ޚަބަރު

ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ

ޕާކިސްތާނުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ގާތުންދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެގެން ފަރުވާދެނީ

accident-1
މާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު — ފޮޓޯ: އެމްވީކްރައިސިސް

މާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހަވީރު 5:25 ހާއިރު ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެކް ކައިރިން އިރުން ހުޅަނގަށް ދަތުރުކުރަމުންދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓުވި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެކަނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ސާފް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް: ރާއްޖެ އާއި ބަންގްލަދޭޝްގެ މެޗުން އެއްވަރު

ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭ: ރައީސް

Gqhakwnbaaakt4n

2028 އިން ފެށިގެން މުވައްޒަފުންނަށް “ވޯކް ފްރޮމް ހޯމް” އުސޫލެއް

Gqhakxkx0aahccr

ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ ނިޒާމުތައް ޑިޖިޓަލްކުރާ މިންވަރަކުން: ރައީސް

Mulhiraajje
TTH_Advertisement ELL Mobile Advertisement