ކުއްލި ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

އެސްޓީއޯގެ “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

ޕޮލްކޯގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުން މިއަދުވެސް ސިއްރު

Goe0numxoaagbar
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ: މަޖިލިސް

ފުލުހުންގެ ހައުސިން ޕްރޮޖެކްޓްގެ ތެެރެއިން ސިފައިންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފިއެވެ.

ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ކޮމިޓީން ނިންމުމުގެ ކުރިން، އެ މައްސަލައާ ބެހޭގޮތުން ޕޮލްކޯގެ ކުރީގެ ހިންގާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރުމެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ މައްސަލައާ ބެހޭގޮތުން މިއަދު ބާއްވާ ބައްދަލުުވުމުގައި ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭފުޅުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ ކަމަށެވެ.

ކުރީ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައިވެސް، އެ ކޮމިޝަނުން އެދިގެން އެ ބައްދަލުވުން ސިއްރުކުރިގޮތަށް މިއަދުގެ ބައްދަލުވުންވެސް ކުރިއަށްގެންދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

112

ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކާނިވާ ސްޓޭޖްގެ ފުރާޅު މަރާމާތު ކުރަނީ

112

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

TTH_advertisement ELL Mobile Advertisement