ކުއްލި ޚަބަރު

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ ކަނޑުމަތީގެ ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފި

ދޮންފަނުގެ ބިން ނުހިއްކަން ރައީސް މުއިއްޒު ނިންމަވައިފި

ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ވަނީ ފޯރުކޮށްދީފައި: ރައީސް

ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

9287

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު މަގާމުން ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.

ސާމިހު މި މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން މި މައްސަލައިގެ ތަޙުޤީޤަށް ބަދަލުތަކެއް ގެނައުމަށް ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ.

ސާމިހުއަކީ ފުލުހުންގެ މުއައްސަސާގައި ހުރި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި އެންމެ ތަޖުރިބާކާރު އެއް އިންވެސްޓިގޭޓަރެވެ.

ސާމިހުއާ ގުޅޭގޮތުން ދައްކަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވަނީ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ތުހުމަތު ކުރެވެނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް މިނިސްޓަރު ގުޅުއްވާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތައިލޭންޑްގެ އައު ބޮޑުވަޒިރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

raees muiz

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި ރައީސް ކުންފުންޏެއް އުފައްދަވައިފި

އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފި

Dhonfanu

ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުން ކުރިއަށްދާނެ: މުއްތަލިބު

ELL Mobile Advertisement TTH_advertisement