ކުއްލި ޚަބަރު

ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

މާލޭގައި މީހަކަށް ވަޅިން ހަމަލާދީފި

ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

ރައީސް މުޢިއްޒު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ރެކޯޑު ހައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވައި، ރާއްޖޭގެ ރައީސަކު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑު ހައްދަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު 10:00 ގައި ފެށުނު މި ބައްދަލުވުމުގައި 36 ނޫސްވެރިން ބައިވެރިވިއެވެ. ބައްދަލުވުން ފެށުމުގެ ކުރިން ރައީސް މުޢިއްޒު ވަނީ ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކާއި ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

ބައްދަލުވުމުގައި ކޮންމެ ނޫސްވެރިއަކަށް ދެ ބުރެއްގެ މަތިން ސުވާލުކުރުމުގެ ފުރުސަތު ދެވުނެވެ. ބައެއް ނޫސްވެރިން 8 ސުވާލަށްވުރެ ގިނަ ސުވާލު ކުރިއެވެ. ރައީސް މުޢިއްޒު ވަނީ ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ޖަވާބު ދެއްވަން ދެކޮޅު ނުހައްދަވައި، ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ބައްދަލުވުން ދެމިގެންދިޔައީ މެންދުރު އަދި އަސުރު ނަމާދުގެ ވަގުތަށް 30 މިނެޓުގެ ދެ ހުއްޓުމަކާ އެކުގައެވެ. ނޫސްވެރިން އެކި މައުޟޫޢުތަކާ ގުޅޭ ސުވާލުތައް ކުރިއެވެ.

މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ނޫސްވެރިކަމުގެ މުގެ މިނިވަންކަމުގެ ދުވަސް ކަމަށްވާތީ، މި ބައްދަލުވުން ބޭއްވުމަށް ރައީސް މުޢިއްޒު ކުރިން އިޢުލާންކުރެއްވި ނަމަވެސް، ނޫސްވެރިންނަށް ބޭނުންވާ ސުވާލުތަކަށް ތައްޔާރުވުމުގެ ފުރުސަތު ލިބުނެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ރައީސަކު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ކަމަށްވާތީ، ރައީސް މުޢިއްޒު ވަނީ ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފައެވެ. މި ބައްދަލުވުމުން ރައީސް މުޢިއްޒުގެ ހާމަކަން ބޮޑު ސިޔާސަތާއި ނޫސްވެރިކެރިކަމުގެ މިނިވަންކަމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

“މޯލްޑިވްސް އެކްސްޕޯ 2025” ބައިވެރިވުމުގެ އަގު ހެޔޮކޮށްފި

ރައީސް ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން: ޑރ. ޝަހީމް

އެމް.ބީ.އެސް ގެ ޗެއަރމަން ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Mulhiraajje
ELL Mobile Advertisement TTH_Advertisement