ކުއްލި ޚަބަރު

ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

މާލޭގައި މީހަކަށް ވަޅިން ހަމަލާދީފި

ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

ދިވެހި މަސްވެރިކަމަކީ ދުނިޔެއަށް ނަމޫނާއެއް: ރައީސް

399617 a81d06c9 a

ދިވެހީން ކުރަމުން އަންނަ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދުނިޔޭގެ ކަޅުބިލަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ދުނިޔޭގެ ކަޅުބިލަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ކާބަފަައިންގެ ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް.” ކަމަށެވެ.

މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 02 ވަނަ ދުވަހަކީ އދ.އިން ފާހަގަ ކުރާ ދުނިޔޭގެ ކަޅުބިލަމުގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ ގަވައިދާއި ހިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުންނާއި ދެމެހެއްޓެނިވި މަސްވެރިކަމަށް ހުރަސް އެޅޭ ސަބަބުތަކާއި ހުރެ ކަޅުބިލަމަހުގެ ސްޓޮކް ދަށްވަމުން ދިއުމާއި ގުޅިގެން އެސަބަބުތައް ނައްތާލުމަށް މަސައްކަތް ކުރުމަށެވެ.

މި އަހަރުގެ ދުނިޔޭގެ ކަޅުބިލަމަހުގެ ދުވަހުގެ ޝިޢާރަކީ “އަޅުގަނޑުމެންގެ ކަނޑު، އަޅުގަނޑުމެންގެ ކަޅުބިލަމަސް، އަޅުގަނޑުމެންގެ މުސްތަޤްބަލް” އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ އަޅުގަނޑުމެންގެ ކަނޑުތަކުގެ ދުޅަހެޔޮކަމާއި މި މުހިންމު ވަސީލަތުގެ މުސްތަޤްބަލް ޔަޤީންކުރުމަށްޓަކައި ކަޅުބިލަމަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ މުހިންމުކަމަށެވެ.

ދުނިޔޭގެ ކަޅުބިލަމަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކަޅުބިލަމަސް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ފެތުރުމަށްޓަކައި ސަރުކާރުތަކާއި އަދި މަދަނީ ޖަމްޢިއްޔާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، ކޮންޒަވޭޝަން ހަރަކާތްތަކާއި، އަދި ތަޢުލީމީ ޕްރޮގްރާމްތައް އިންތިޒާމްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Qjboe

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާއަޅައިފި

9287

ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

Plant 945x630

ގަވާއިދާ ހިލާފަށް 4732 ގަހާއި ގަހުގެ ބާވަތްތައް އެތެރެކޮށްފި

Ammm

އެމެރިކާ ސިފައިންނާއެކު ދިވެހި ސިފައިން ތަމްރީނެއް ފަށައިފި

Mulhiraajje
TTH_Advertisement ELL Mobile Advertisement