ކުއްލި ޚަބަރު

ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރު ގާއިމުކުރަނީ

ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ސީރިއަސް

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފި

29

މާލޭގައި ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ބުނީ މިރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން ނ.ކުޑަފަރި / ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒުވާނުންގެ ބަޔަކު މާލޭގެ މަޖީދީމަގުން ބައެއް ބަންދުކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާ ރޫޅާލާ ދެ މީހުން ހައްޔަރު ކުރި ސަބަބުތަކާއި އެ މީހުންނަށް ކުރެވޭ ތުހުމަތުތައް ފުލުުހުން ވަނީ ސާފުކޮށްދީފައެވެ.

ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ވެސް ބުންޏެވެ.

އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނަން: ރައީސް

ވޭވަށާއި ދަރަނބޫދޫގައި އައު އިންޖީނުތައް ބަހައްޓަނީ!

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

އެމްޕީއެލްގެ މުވައްޒަފުން ސްރީލަންކާގައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފި

Mulhiraajje
TTH_Advertisement ELL Mobile Advertisement