ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

ޔުމްނު ވެއްޓުނު މައްސަލައިގައި މިނިސްޓަރު އަމީންގެ ނުފޫޒު އޮތްކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލަނީ

ހާއްވާ ޔުމްނާ ރަޝީދުގެ ހާދިސާއާ ގުޅިގެން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި “މިނިސްޓަރު އަމީން ގުޅާކަމަށް” ބުނާ އަޑު އިވޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯގެ މައްސަލަ ބަލާނެކަމަށް އިޢުލާނުކޮށްފިއެވެ.

ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ، މި މައްސަލައިގައި އެންމެ ފުރަތަމަ ބަލާނީ ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލެއް އޮތްތޯ ކަމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި މަސައްކަތް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އަދި މި ތަޙުޤީޤަކީ ވަކި މުއައްސަސާއަކާ ދެކޮޅަށް ކުރެވޭ ކަމެއް ނޫންކަން އޭނާ ފާހަގަާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ކޮމިޝަން އުފެއްދެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިއްޔެ ކޮމިޝަނަށް ބަދަލު ގެނެސް، މިހާރު ކޮމިޝަންގައި ހިމެނެނީ ޑރ. މުޙައްމަދު މުނައްވަރު، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުޙައްމަދު އަދި އާމިނަތު އީނާސްއެވެ.

ކޮމިޝަނުން އަންނަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ މެންބަރުން ބައިވެރިވެ، ތަޙުޤީޤު ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

ރިޔާސީ ކޮމިޝަނުގެ ރިޕޯޓް ރައީސްއަށް އަރުވައިފި

ރައުދުގެ މައްޗަށް އެހީނުވުމުގެ ކުށުގެ ދައުވާކޮށްފި

TTH_advertisement