ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އދގެ އެންމެމަތީ ކޯޓުގެ އަޑުއެހުންތަކަށް އިސްރާއީލުގެ ރައްދު: މިއީ އިސްރާއީލަށް ކުރާ ގޯނާއެއް

އިސްރާއީލާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ފެށި ޝަރީއަތުގެ އަޑުއެހުންތަކަށް އިސްރާއީލުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް، ޓީވީ މެދުވެރިކޮށް ވަގުތުން ދިން ބަޔާނެއްގައި ބުނެފައިވަނީ، އދގެ ކޯޓުގެ މި އަމަލަކީ “ލަދުވެތި” އަމަލެއް ކަމަށެވެ. އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް މިހާރު ވެފައިވަނީ، ފުރިހަމަގޮތެއްގައި ސިޔާސީ ތަނަކަށް ހަދާފައި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަދި މިއަދު ފެށި އަޑުއެހުންތަކަކީ، އިސްރާއީލަށް ގޯނާކޮށް، ޝަރުޢީ ގޮތުން އިސްރާއީލު ނައްތާލުމަށް، ނިޒާމީ ގޮތެއްގައި ރެވިގެން ހިންގާ އަމަލުތަކެއް ކަމަށް، އިސްރާއީލުގެ ފޮރިން މިނިސްޓަރު ބުނެފައި ވެއެވެ. އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި މިއަދު ފެށުނު އަޑުއެހުމަކީ، އދގެ އާންމު މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށް، މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި އައިސީޖޭއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކެވެ.

އދގެ އާންމު މަޖިލީހުން، އައިސީޖޭގެ ކިބައިން އެދިފައިވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިސްރާއީލުގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް ބަލައި ދިނުމަށެވެ.
ހޭގްގައި ހުންނަ އައިސީޖޭގެ މައި އިމާރާތުގައި އަޑުއެހުންތައް ފަށައިދިނީ އދގެ ފަރާތުންނެވެ.

އެގޮތުން، އދގެ މަންދޫބު ގިނަ މައްސަލަތަކެއް ފާހަގަ ކުރެއްވިއިރު، ދެން ވާހަކަ ދެއްކެވީ ފަލަސްތީނުގެ ފަރާތުންނެވެ. އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އަޑުއެހުންތައް 5 ދުވަހަށް ދެމިގެންދާއިރު، 40 ގައުމަކުން ބަޔާން ދިނުމަށް ހަމަޖެހިފައި ވެއެވެ.
ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ދިފާއުވާން ހާޟިރުނުވެ، އިސްރާއީލުން ފޮނުވީ ދިގު ބަޔާނެކެވެ. އެ ބަޔާނުގައި މައްސަލައަށް އިންކާރު ކޮށްފައި ވެއެވެ. އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަކީ އދގެ އެންމެމަތީ ކޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement