ކުއްލި ޚަބަރު

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި 2 މީހުން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފި

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ދަސްވެނިވި 52 ފުލުހުނަން ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދެ ކޯހަކުން ދަސްވެނިވި 52 ފުލުހުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދު އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ ސެންޓަރ ފޮރ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީޒްއިން ހިންގި ސަޓިފައިޑް ޓްރެއިނަރ ކޯސް (ބެޗް 11) އާއި ސެންޓަރ ފޮރ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް ސްޓަޑީޒްއިން ހިންގި އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ (ބެޗް 1) ފުރިހަމަކުރި ފުލުހުންނަށެވެ.

މި ރަސްމިއްޔާތުގައި، ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއެވެ.

23 ފެބުރުވަރީ އިން 9 މާރިޗު 2025 އަށް ކުރިޔަށް ގެންދިޔަ ސަޓިފައިޑް ޓްރެއިނަރ ކޯހަކީ ފުލުހުންގެ ތަމްރީނު ދިނުމުގެ ހުނަރު ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގައި ބައިވެރިވި 25 ފުލުހުންގެ ތެރެއިން 22 ފުލުހުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ.

20 އިން 24 އޭޕްރިލް 2025 އަށް ކުރިޔަށް ގެންދިޔަ އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ ކޯހުގައި ބައިވެރިވި 30 ފުލުހުން ވެސް ވަނީ ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގައި ޑިޖިޓަލް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓީ އަދި ހެކި ބެލެހެއްޓުމުގެ އުސޫލުތަކަށް އަލިއަޅުވާލިއެވެ.

އެންސީޕީއެލްއީ އިން ގެންދަނީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފެންވަރު ރަނގަޅު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރުމުއްދަތާއި ދިގު މުއްދަތުގެ ތަފާތު ކޯސްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިނިވަން ދުވަހާ ގުޅިގެން، ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މަޖައްސަވައިފި

addu

އައްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ބޮޑު އޮޕަރޭޝަނެއް ފަށައިފި

Igmh

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި 2 މީހުން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފި

އެމްޑީޕީގެ ޖަލްސާ ބަލަން އިން އިރު ވަރަށް މޭނުބައިކުރި: މޫސަ

ELL Mobile Advertisement TTH_advertisement