ކުއްލި ޚަބަރު

މެލޭޝިއާގެ އައިއައިޔޫއެމްއިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސް މުޢިއްޒަށް

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ހަމްނާ އަނެއްކާވެސް ގައުމީ ރެކޯޑެއް އާކޮށްފި

ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

raudhu-police
ރައުދު އަހުމަދު ޒިލާލް — ފޮޓޯ: ޕޮލިސް

އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރީ ރޭގެވަގުތެއްގައެވެ. ފުލުހުން ރައުދު ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދިފައިވަނީ އެ މައްސަލައިގައި ރައުދު އެއްބާރުލުން ނުދިނުމުންނެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިއަދު ފަސް ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ކޯޓު އަމުރަށް އެދުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން ޖިންސީ ގުޅުން ހިންގުމާއި މަސްތުގެ ހާލަތުގައި ހުރުމުން، އެ ކުށްތަކަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓައިފައެވެ.

ފުރުން މަނާކޮށްފައިވާ މީހުން:ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫއާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒްއިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒުއާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅުހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހިއިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލްގެ

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

މެލޭޝިއާގެ އައިއައިޔޫއެމްއިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސް މުޢިއްޒަށް

އިސްރާއީލުން ހިންގަނީ ފަލަސްތީނު ނަސްލު ދުނިޔެއިން ފޮހެލުމަށް ރާވައިގެން ހިންގާ ޖަރީމާތަކެއް: މެލޭޝިޔާ

ނަފްސާނީ ސިއްހަތަށް ހާއްސަކޮށްގެން ތައްޔާރުކުރި “ވިލުންތެރި އެކުވެރިން” ފޮތް ނެރެފި

ރައީސް މެލޭޝިއާގެ ޓްވިން ޓަވަރަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވާލައްވައިފި

Mulhiraajje
ELL Mobile Advertisement TTH_Advertisement