ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށްފި

raudhu-police
ރައުދު އަހުމަދު ޒިލާލް — ފޮޓޯ: ޕޮލިސް

އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ވެއްޓުމުގައި ރައުދު އަހުމަދު ޒިލާލްގެ ބައިވެރިވުން އޮވެދާނެ ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭގެ ވަގުތެއްގައި ވަނީ ރައުދު ހައްޔަރުކޮށްފައެވެ. ފުލުހުން ކޯޓު އަމުރަކަށް އެދިފައިވަނީ އެ މައްސަލައިގައި ރައުދު އެއްބާރުލުން ނުދިނުމުންނެވެ.

ފުލުހުން ކޯޓު އަމުރަށް އެދުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން ޖިންސީ ގުޅުން ހިންގުމާއި މަސްތުގެ ހާލަތުގައި ހުރުމުން، އެ ކުށްތަކަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓައިފައެވެ.

ފުރުން މަނާކޮށްފައިވާ މީހުން:

  • ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
  • އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
  • އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
  • އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
  • ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
  • އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

112

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

މީރާ

ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް، މަސައްކަތް އެބަ ކުރިއަށްދޭ: ކޮމިޝަނަރު

TTH_advertisement ELL Mobile Advertisement