ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ރައުދު ހައްޔަރުކޮށް، ހަތް މީހެއްގެ ފޯނު ހިފަހައްޓައިފި

B 202504241237031745480223.4564
ރައުދު އަހުމަދު ޒިލާލް —

އިމާރާތަކުން ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، ހަތް މީހެއްގެ ފޯނު ހިފަހައްޓައިފިއެވެ.

ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ، 21އ، ހައްޔަރުކޮށްފައިވަނީ އަންހެން މީހާ ވެއްޓުނު މައްސަލައިގައި ތަހުގީގަށް އެއްބާރުލުން ނުދޭތީ ފުލުހުން ކޯޓު އަމުރަކަށް އެދިގެންނެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 6:20 ގައި ރައުދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޒިލާލާއި ވެއްޓުނު ހައްވާ ޔުމްނާ، 21އ، ހިމެނޭހެން ޖުމުލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށޫން ހިފަހައްޓާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މާންދޫގެ ޓެރެސް އާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ރައުދު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށެވެ.

ރައުދު އަތުން މަސްތުވާތަކެތި ނުފެނުނު ނަމަވެސް، ފުލުހުން ނެގި ޔޫރީން ސާމްޕަލުން އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފައެވެ.

ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. އޭނާގެ ހާލު ދެރަވެ ވެންޓިލޭޓަރަށް ލާފައިވަނީ ޖެހިގެން އައި ދުވަހުއެވެ. ވެއްޓިފައި އޮއްވައި ފެނުނީ ހައްވާ ޔުމްނު، 21އ، އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

112

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

މީރާ

ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް، މަސައްކަތް އެބަ ކުރިއަށްދޭ: ކޮމިޝަނަރު

TTH_advertisement ELL Mobile Advertisement