ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ވާރުތަވި ދަރަނިތައް އަދާކުރަމުން 2.2 ބިލިއަން ރުފިޔާގެ އަރަނިއަކަށް

ދައުލަތުގެ ޚަރަދުތައް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ކުޑަކޮށް، މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް 1.6 ބިލިއަން ރުފިޔާގެ ދަރަނީގައި ހުރި ދައުލަތުގެ ބަޖެޓު، މި އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާގެ އަރަނިއަކަށް ބަދަލުވެފައިވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ޢާންމުކުރި ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް’ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި މުއްދަތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިތުހޯލްޑިންގ ޓެކްސްއިންނެވެ. އާމްދަނީގެ ތެރޭގައި ހިމެނޭ އެހެނިހެން މުހިންމު ބައިތަކުގެ ތެރޭގައި:

• ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީ.އެސް.ޓީ: 3.7 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.4 ބިލިއަން ރުފިޔާ)
• ގްރީން ޓެކްސް: 572.5 މިލިއަން ރުފިޔާ (މިދިޔަ އަހަރު 334.9 މިލިއަން ރުފިޔާ)
• އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 452.6 މިލިއަން ރުފިޔާ (މިދިޔަ އަހަރު 327 މިލިއަން ރުފިޔާ)

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ނިޔަލަށް ދައުލަތުން ވަނީ 9.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީތަކަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދު ހުރީ 12.7 ބިލިއަން ރުފިޔާގައެވެ.

ދައުލަތުގެ ޚަރަދުތަކުގެ ފާހަގަކޮށްލެވޭ ބައިތަކުގެ ތެރޭގައި:

• މުސާރައާއި އެލަވަންސް އަދި ޕެންޝަން: 3.6 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ)
• އިދާރީ ޚަރަދުތަކަށް: 5.2 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 6.1 ބިލިއަން ރުފިޔާ)
• ކެޕިޓަލް ޚަރަދު: 743.1 މިލިއަން ރުފިޔާ (މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާ)

ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުކުރެވިފައިވުމަކީ ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެކެވެ. މި ގޮތުން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވަށް ވުރެ އިތުރަށް ޚަރަދުކުރުމުގެ ސަޤާފަތެއް ރާއްޖޭގައި އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.

މި އަމާޒު ޙާޞިލްކުރުމަށް ރޭވުންތެރިކަމާއެކު އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި މަޑުނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފިސްކަލް ދެމެހެއްޓެނިވިކަން ޙާޞިލްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ހާސިލްކުރެވުނު އިޤްތިޞާދީ ކުރިއެރުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެކެވެ. ޚަރަދުތައް އެކަށީގެންވާ މިންވަރަކަށް ކުޑަކުރުމާއެކު، އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ޚަރަދުތައް އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި މެނޭޖްކުރުމާއި، އިޤްތިޞާދީ ދާއިރާތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމަކީވެސް ކުރިމަގުގައި މާލީ ދެމެހެއްޓެނިވިކަން ޙާޞިލްކުރުމަށް މުހިންމު ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

Mal

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

TTH_advertisement