މާލޭގެ ގެއެއްގެ ފުރާޅެއްގެ މަތީގައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވެއްޓިފައި ވަނިކޮށް ފެނުނު އަންހެން މީހާ ވެއްޓުނު މައްސަލައާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ހެއްކާއެކު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅޭގޮތުން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި މައްސަލައިގެ ހައްސާސްކަމުން ފުލުހުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ޓީވީތަކުން ލައިވް ނުކުރާގޮތަށެވެ.
އުމުރުން 21 އަހަރުގެ އެ އަންހެން މީހާ، އެހެން މީހަކު ވައްޓާނުލާކަން ފުލުހުން ނޫސްވެރިންނަށް ދެއްކި ވީޑިއޯއިން ކަށަވަރުވެއެވެ. އެ އަންހެން މީހާ ކައިރީ ތިބި ދެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އެ އަންހެން މީހާ ވެއްޓުނުއިރު، އޭނައާ އެކު ތިބި ދެ މީހުން ތިބީ ދުރުގައިކަން ސީސީޓީވީ ފްޓޭޖުން ކަށަވަރުވެއެވެ.
ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އެ އަންނެން މީހާގެ ހާލު ރަނގަޅެވެ. އަދި ފުލުހުން ވަނީ އޭނައާއެކު އުޅުނު އެކެއްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.
ކިޔުންތެރިންގެ ހިޔާލު