އެޑިއުކޭޝަން މިނިސްޓްރީން 18 ސްކޫލެއްގެ ނުނިމިހުރި މަސައްކަތްތައް ނިންމުިންމުމަށް ތިން ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، 18 ސްކޫލެއްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އާރުޑީސީ، އެމްޓީސީސީ އަދި ފެނަކަ އާ ހަވާލުކުރެވުނެވެ. މި މަސައްކަތްތަކަކީ ކުރިން ހަވާލުކުރެވުނު ފަރާތްތަކުން އެކިއެކި ސަބަބުތަކާހުރެ ނުފަށާ ނުވަތා ނުނިމި ހުރި މަޝްރޫޢުތަކެކެވެ.
މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، މި މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ޖުމްލަ 114.9 މިލިއަން ރުފިޔުފިޔާއަށެވެ. މީގެ ތެރެއިން 15 މަޝްރޫޢެއް ހަވާލުކުރެވިފައިވަނީ އެމްޓީސީސީ އަށެވެ. މި މަޝްރޫޢުތައް ހިންގޭނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަމް، ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އުނގޫފާރު، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، އަދި ލ. މާވަށުގައެވެ.ވެ.
އާރުޑީސީ އާ ހަވާލުކުރެވިފައިވަނީ އއ. މާޅޮސް އަދި އދ. ފެންފުށީގެ މަޝްރޫޢުތަކެވެ. އަދި މ. ވޭވަށު ސްކޫލުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރެވިފައިވަނީ ފެނަކައާއެވެ.
މި މަސައްކަތްތައް އަލުން ހަވާލުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، ދަރިވަރުންނަށް ރަނގަޅު މާޙައުލެއްގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.