ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ކަރާމާތަށް އަރައިގަތުން ހުއްޓުވުމަށް: ޤާނޫނީ ޓީމު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަތަކަކީ ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރުމަށް ހުށަހެޅުއްވި މައްސަލަތަކެއްކަމަށް އެކަމަނާގެ ޤާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

މި މައްސަލަތައް ހުށަހެޅުއްވުމުގެ އަސްލަކީ އެކަމަނާގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަނެ، ދޮގު މަޢުލޫމާތު ފަތުރާފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމެވެ. މި ޢަމަލުތަކުގެ ސަބަބުން ދަރިކަލުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ތަޢުލީމީ މުސްތަޤުބަލަށް އަސަރުކޮށްފައިވާކަމަށް ޤާނޫނީ ވަކީލުން ފާހަގަކުރެއްވިއެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤާ ގުޅޭ މައްސަލައެކެވެ. އަދި ފެމިލީ ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ ގުޅުންހުރި މައްސަލައެކެވެ.

މި މައްސަލަތަކާ ގުޅިގެން ފެތުރެމުންދާ ބައެއް މަޢުލޫމާތުތަކަކީ ޞައްޙަނޫން މަޢުލޫމާތު ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ. އެގޮތުން، މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތަޙްޤީޤެއް ހިނގަމުންދާކަމަށް ބުނާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި މި މައްސަލަތަކަކީ ހަމައެކަނި ސިވިލް އަދި ފެމިލީ ކޯޓަށް ހުށަހެޅިފައިވާ މަދަނީ މައްސަލަތަކެއްކަން ފާހަގަކުރައްވާފައިވެއެވެ.

ޤާނޫނީ ވަކީލުންގެ ޓީމުން އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލަތައް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ކަރާމާތާއި ޙައްޤުތައް ރައްކާތެރިކުރުން ކަމަށެވެ. އަދި މި ކަމާ ގުޅޭ ޚަބަރުތައް ފަތުރާއިރު ރަނގަޅު މަޢުލޫމާތު ހޯދުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement