ކުއްލި ޚަބަރު

ލަންކާއިން ނުފެނިގެން އުޅުނު ދިވެހި އައިލާއާ ގުޅިއްޖެ، އެންމެންގެ ހާލު ވެސް ރަނގަޅު

ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ތިނަދު އާއި އުނގޫފާރުގައި ވެސް އިސްލާމީ ކުތުބުޚާނާއެއް ހުޅުވަނީ

އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް

ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ބަސްފުޅު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހި ޑޮކްޓަރުންގެ ދުވަހާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެކެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ޕޯސްޓް ނިންމަވާލައްވަމުން، ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކަށް ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ޑޮކްޓަރުންގެ ދުވަސްކަމުގައި ފާހަގަކުރެވެއެވެ.

ޑޮކްޓަރުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ޙައްލުކޮށްދީ، އެ ބޭފުޅުން ތަމްރީނުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރިއަށް ގެންދަވަމުންނެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން، ދިވެހި ޑޮކްޓަރުންނަށް ޗައިނާގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ޗައިނާގައި ތަޖުރިބާ ހޯއްދެވުމާއި އިތުރަށް ތަމްރީނުވުމުގެ ދޮރުތައް ދިވެހި ޑޮކްޓަރުންނަށް ވަނީ ހުޅުވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތައް ދަނީ ފެންނަމުން: ރައީސް

63 ހެކްޓަރުގެ ބިން ހިއްކުމަށް އެއްފަހަރާ 2 ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކަން ފަށައިފި

raees muiz

ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، ހުޅުވޭނެ: ރައީސް

ދިވެހިން މިތިބީ ލަންކާ ރައްޔިތުންނާއެކު: ރައީސް

TTH_advertisement