ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް ބާއްވައިފި

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ފްލެޓް ޝަކުވާ ހުށެހެޅުން މިރޭ ހަމަވާނެ

ހިޔާވެހިކަމުގެ މަޝްރޫޢުގެ ދަށުން 4000 ފްލެޓް ލިބޭނެކަމަށް ކަނޑައެޅި ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު ރޭ ހަމަވާނެއެވެ. ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާތަނަށް 2000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ލިބިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅުނު ލިސްޓް މުރާޖަޢާކުރުމަށްފަހު، ވުޒާރާއިން ނިންމާފައިވަނީ 2180 ފަރާތެއް މި ސްކީމަށް ޝަރުތު ހަމަނުވާކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލެވުނީ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް، ފަހުން މި މުއްދަތު އިތުރުކުރެވި، މިއަދު ރޭ 12:00 އަށް ހަމަވާނެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެފައިވަނީ ލިބެމުންދާ ޝަކުވާތައް ވަގުތުން ވަގުތަށް މުރާޖަޢާކޮށް، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މި މަސައްކަތް ނިންމުމަކީ އެ ވުޒާރާގެ އަމާޒެއްކަމުގައިވެސް ވިދާޅުވިއެވެ.

ލިސްޓާ ގުޅިގެން އެންމެ ގިނަ ޝަކުވާތައް ހުށަހެޅިފައިވަނީ މާލޭގައި ދިރިއުޅެފައިވާ މުއްދަތާ ގުޅޭގޮތުންނެވެ. މި ސްކީމުގެ އުސޫލުގައިވާ ގޮތުން، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 2007 އޮކްޓޯބަރު 15 އިން 2022 އޮކްޓޯބަރު 15 އަށް، އެކަމާ ގުޅޭ ތަފްސީލު ޝަކުވާގައި ހިމަނަންޖެހެއެވެ. އެހެންނަމަވެސް، ޚާއްޞަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިސްފައިވާނަމަ، އެކަން ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި އިތުރު ލިޔެކިޔުން ހުށަނޭޅޭނެތީ، ވީހާވެސް ތަފްސީލުކޮށް މަޢުލޫމާތު ޝަކުވާ ފޯމުގައި ހިމެނުމަށް ވުޒާރާއިން އިލްތިމާސްކުރައްވައެވެ. ޝަކުވާ ހުށަހެޅުމަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އަށް މެއިލް ކުރެވިދާނެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަ ހަފުތާގައި ގޯތި ދޫކުރާ އުސޫލު އާންމުކުރާނަން: ރައީސް

ގުޅިފަޅުން ގޯތި ލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

gedoru veriya

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

gedoru veriya

75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭ ގޮތް ހަދަނީ

TTH_advertisement