ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ޑްރަގް އެޑިކްޓުންނަށް އިންޑިއާ އިން ފަރުވާދެނީ

8677
ރާއްޖޭގެ ޑްރަގް އެޑިކްޓުންނަށް އިންޑިއާ އިން ފަރުވާ ހޯދުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެ ވަބާއިން ސަލާމަތް ކުރަން ބޭނުންވާ ފަރުވާ އިންޑިއާގެ ފެސިލިޓީއަކުން ހޯދުމުގެ މަގުފަހިވެފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

އެންޑީއޭ އިން ބުނީ ރާއްޖޭގެ އެޑިކްޓުންނަށް ބޭނުންވާ ފަރުވާ ދޭނީ އިންޑިއާގެ ކަލިސެރީގައި ހުންނަ ޑރ. ކޭއެމް ޗެރިއަމް އިންސްޓިޓިއުޓް އޮފް މެޑިސަލް ސައިންސެސްގައިގައި ކަމަށެވެ. އެތަނުން ދިވެހި އެޑިކްޓުންނަށް ފަރުވާ ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވަނީ އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރަޝާދު އިސްކޮށް ހުންނަވައިގެން އެތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ފަރުވާ ހޯދުމާ ގުޅޭ އެއްބަސްވުމަކަށް މިހާރު ވަނީ އާދެވިފައެވެ.

އެންޑީއޭ އިން ބުނީ ކޭއެމް ޗެރިއަމް އިންސްޓިޓިއުޓް އޮފް މެޑިސަލް ސައިންސެސްއާ އެކު ކުރެވުނު މަޝްވަރާގައި ދެ ފަރާތް ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރުމަށާއި ރާއްޖޭގައި ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ދެ ފަރާތް ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތް ކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުވެގެން ތިއްބާ ހައްޔަރު ކޮށްފި

Lubbb

މަސްތުވާތަކެތި ބޭނުންކުރާ 200އެއްހާ މީހުން ރިމާންޑް ސެންޓަރުތަކަށް ނަގައިފި

178 މީހުންނާއިއެކު ރިމާންޑު ސެންޓަރުތަކުން ފަރުވާދޭން ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް 3 ރަށެއްގައި ރިމާންޑް ސެންޓަރު

TTH_advertisement