ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ‘ސަނާބިލް’ އިމާރާތުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ.
އާމްދަނީ ހޯދޭނެ ގޮތްތަކަށް ބަލައިގެން އައިޔޫއެމުން ތަރައްގީކުރާ ހަތް ބުރީގެ އިމާރާތަށް އިންވެސްޓުކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކުންނެވެ.
މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއު އެވެ. “ސަނާބިލް” ނިންމުމަށް ކަނޑައަޅާފަ އިވަނީ 18 މަސް ދުވަހުންނެވެ
މި އިމާރާތަކީ ސްޓޭޓް-އޮފް-ދި އާޓް ފެސިލިޓީތައް ހިމެނޭ ތަނެކެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް ހިމައިގެން ތަރައްޤީކުރާ އައިޔޫއެމްގެ ސަނާބިލް އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯޓްރީތަކާއި ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހިމެނޭނެ އެވެ.
އެތަން ނިނުމުން ބައިތައް ކުއްޔަށް ދޫކޮށް އައިޔޫއެމްއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.
“ސަނާބިލް” ގެ ސަބަބުން ރާއްޖޭގެ އައިޔޫއެމާ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އަދި އިލްމީ އިގުތިޞާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ ކަމަށް ބުނެފައިވެއެވެ.