ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

މަސްވެރިކަމުގެ ވަޒީރު އަޙްމަދު ޝިޔާމް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނާ ބައްދަލުކުރައްވައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި މެރިން ރިސޯސަސްގެ ވަޒީރު އަޙްމަދު ޝިޔާމް، އިއްޔެ ހަވީރު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ.

މި ބައްދަލުވުމުގައި، ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ޔޫނިއަންގެ ފަރާތުން ހިއްސާކޮށްފައިވެއެވެ. އަދި އެ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރުމަށް ޔޫނިއަންގެ ފަރާތުން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް މި ބައްދަލުވުމުގައި ވިދާޅުވީ، “މިހާތަނަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ހިއްސާކުރި ގޮންޖެހުންތަކަށް ހައްލު ގެނެވިފައިވާ މިންވަރު އަޅުގަނޑުމެން ބަލައިލާނަން. އަދި ބާކީ ހުރި މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނަން.”

ބޮޑުކަންނެލީގެ މަސްވެރިކަން ދުވަހެއް ދުވަހަކަށް ހީނަރުވަމުންދާތީ، މި މަސްވެރިކަން ތަރައްޤީކޮށް އާމްދަނީ އިތުރުކުރުމަށާއި ޒުވާނުން މި މަސްވެރިކަމަށް ނެރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ބީ.ކޭ.އެމް.ޔޫގެ ވެރިން ވިދާޅުވީ، “މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އަވަސް ހައްލެއް ހޯދައިދެއްވުމަށް ވަޒީރު ވަޢުދުވެވަޑައިގަތްކަމަށްޓަކައި އަޅުގަނޑުމެން ވަރަށް އުފާވޭ. މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑުމެން ތައްޔާރަށް މިތިބީ.”

މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބީ.ކޭ.އެމް.ޔޫގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އާ ޓެކްނޮލޮޖީ ތަޢާރަފުކުރުމާއި، ބޭރުގެ މާކެޓްތައް ހޯދުމާއި، މަސްވެރިންނަށް ތަމްރީނު ދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dsc 4208

ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައިދޭނަން: ރައީސް

B 202510081019181759900758.5609

ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފަށައިފި

laamu gamu

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

TTH_advertisement