ކުއްލި ޚަބަރު

އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗުތައް ފޮނުވައި މި މަހުގެ ނިޔަލަށް ނިންމަނީ

ކައުންސިލް އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމްކޮށްފި

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ތޫނު އިތާތަކެއް

މާލީގޮތުން ދަތިޙާލުގައި ދިރިއުޅެމުންދާ ޤައިދީންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުންގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅޭ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައިފިއެވެ.

މި އެހީތެރިކަމަކީ ރަމަޟާން މަހާ ގުޅުވައިގެން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ދަށުން ފޯރުކޮށްދެވުނު އެހީއެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިވުމެވެ.

އެމްސީއެސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ކޮންމެ އާއިލާއަކަށް 2,220 (ދެހާސް ދުއިސައްތަ ވިހި) ރުފިޔާގެ އެހީ ފޯރުކޮށްދެވިފައިވެއެވެ. އަދި މުޅި ޕްރޮގްރާމުގެ އަމާޒަކީ 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައިވީ ނަމަވެސް، އެކަމަށް އެދި ހުށަހަޅާފައިވަނީ 21 ފަރާތުން ކަމަށާއި، އޭގެ ތެރެއިން ޝަރުޠު ހަމަވެފައިވަނީ 10 އާއިލާއެއް ކަމަށް އެމްސީއެސްއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާތާ މަދުވެގެން 5 އަހަރު ވެފައިވުމާއި، 18 އަހަރުން ދަށުގެ ދަރިން ތިބުމާއި، އަދި އާމްދަނީ ލިބޭ މިންވަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އެއްބަސްވުމެއް

މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފި

ޚިޔާނާތުގެ ތުހުމަތު ކުރެވުނު އޭސީޕީ އާސިފް ކަރެކްޝަނުން ވަކިކޮށްފި

އިޞްލާޙީ މަރުކަޒުތަކުގެ ޤަވާއިދު އާންމުކޮށްފި

TTH_advertisement