ކުއްލި ޚަބަރު

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ސައުދީ ބައްލަވާލައްވައިފި

ބިދޭސީން ހިންގި ފަސް ވިޔަފާރިއެއް ބަންދުކޮށްފި

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

ހަނިމާދޫ މިސްކިތް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ހަނިމާދޫގައި ޢިމާރާތްކުރަމުންދާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ފުރިހަމަކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މަސައްކަތް ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެމްޓީސީސީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ހަނިމާދޫގައި މިހާރު މަސައްކަތް މެދުކެނޑިފައިވާ މިސްކިތުގެ އެންމެހައި ނުނިމިހުރި މަސައްކަތްތައް ފުރިހަމަކުރުން ހިމެނެއެވެ.

ހަނިމާދޫގައި މިސްކިތް ތަރައްޤީކުރެވެނީ 7,933 އަކަފޫޓުގެ ބިމެއްގައެވެ. މިއީ 500 ނަމާދުވެރިންނަށް ޖާގަދެވޭ މިސްކިތެކެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ސަޢުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްފާޟިލް އިބްރާހީމް އާސިމެވެ.

2,645 މީހުންގެ އާބާދީއެއް ދިރިއުޅޭ ހަނިމާދޫއަކީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ޤާއިމްކުރެވިފައިވާ ރަށަކަށްވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ސައުދީ ބައްލަވާލައްވައިފި

taxi

އެމްޓީސީސީއިން ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބާވަނީ

Izaam

ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށްފި

ގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް

TTH_advertisement