ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތް ކުރަން ހަވާލުކޮށްފި

ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށްޓަކައި ތިން ސަރުކާރު ކުންފުންޏަކާ ހަވާލުކުރެވިއްޖެއެވެ. މި މަސައްކަތްތައް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 15 ރަށެއްގެ ސްކޫލްތަކުގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އިންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ އަދި ލ. މާވަށް ސްކޫލްތަކެވެ.

އާރުޑީސީއާ ހަވާލުކުރެވިފައިވަނީ އއ. މާޅޮހު އަދި އދ. ފެންފުށީ ސްކޫލްތަކުގެ މަސައްކަތްތަކެވެ. އަދި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވިފައިވަނީ މ. ވޭވަށު ސްކޫލުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ރަސްމިއްޔާތު ބޭއްވުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 114.9 މިލިއަން ރުފިޔާއެވެ. މި މަސައްކަތްތައް ނިމުމުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

މަހިބަދޫ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި ރައީސް ފައްޓަވައިދެއްވައިފި

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

TTH_advertisement