ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްއާރުއައި ހިދުމަތް ދިނުމުގެ ކެމްޕޭނެއް ފަށައިފި

ނޯމަލައިޒޭޝަން ކޮމިޓީން އޭއެފްސީގެ ރައީސްއާ ބައްދަލުކޮށްފި

ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީން އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ ދެ ދުވަސް ކުރިން ސްރީލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އަރިހުގައި ކަމަށް އޭއެފްސީން މަޢުލޫމާތު ދެއްވާފައިވެއެވެ. އޭޝިއާގެ މައި ފުޓުބޯޅަ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ރައީސް ސަލްމާން ވަނީ ދެކުނު އޭޝިއާގެ މެންބަރު ހަތް ޤައުމާ ވަކިވަކިން ބައްދަލުކުރައްވައި، އެ ޤައުމުތަކުގެ ފުޓުބޯޅައިގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ކޮންގްރެސްގައި ދިވެހިރާއްޖެ ތަަމްސީލުކުރެއްވީ ތިން ބޭފުޅުންނެވެ. އެއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަޙްމަދު މުޢިއްޒު، ޖެނެރަލް ސެކްރެޓަރީ ޝުޖާޢު އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް ޢަލީ ޢުމަރެވެ. ޢަލީ ޢުމަރު ބައިވެރިވެވަޑައިގަތީ ސާފްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ދިވެހިރާއްޖޭގެ ފުޓުބޯޅަ ފެޑެރޭޝަން ފީފާއިން ނޯމަލައިޒް ކުރެއްވީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މިކަން ކުރެވުނީ އެފްއޭއެމްގެ ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި މާލީ މައްސަލަތަކާ ގުޅިގެންނެވެ. އެންމެ ފުރަތަމަ އެކުލަވާލެވުނު ފަސް މެންބަރުންގެ ކޮމިޓީގެ ބަދަލުގައި، ފަހުން ނޯމަލައިޒޭޝަން ކޮމިޓީ ވަނީ ތިން މެންބަރުންނަށް ކުޑަކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

ދެއަހަރު ފަހުން ގަލޮޅު ދަނޑުގައި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

TTH_advertisement