ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ އެންމެ ބޮޑު ކޯޓާއާއެކު މިއަހަރުގެ ކޯޓާތައް އައުކޮށްފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ އަސާސީ މުދަލުގެ ކޯޓާގެ މިންވަރު އިތުރުކޮށް، މި އަހަރާއި އަންނަ އަހަރަށް ކޯޓާ ދޭ މުއްދަތު އިތުރުކޮށްފިއެވެ. މިއީ 1989 ވަނަ އަހަރު ކޯޓާ ދޭން ފެށި ފަހުން އެންމެ ބޮޑު އަދަދަކަށް ކޯޓާ ދެވުނު ފަހަރު ކަމަށް އިންޑިއާއިން ވަނީ ހާމަކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ ނޯޓިފިކޭޝަނުގައިވާ ގޮތުން:

• ކެއިން ބުއިމުގެ ބާވަތްތަކުން ކޯޓާގެ މިންވަރު 5% އިތުރުކޮށްފައިވެއެވެ. މީގެ ތެރޭގައި ފިޔާ، ބިސް، އަލުވި، ހަކުރު، ހަނޑޫ އަދި ފުށް ހިމެނެއެވެ.
• މުގުގެ ކޯޓާ 56% އިތުރުކޮށްފައިވެއެވެ.
• އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ 30% އިތުރުކޮށްފައިވެއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދީފައިވާ އަސާސީ މުދަލުގެ ކޯޓާތަކުގެ ތަފްސީލު:

1. ބިސް: 448,913,750
2. އަލުވި: 22,589 ޓަން
3. ފިޔާ: 37,537 ޓަން
4. ހަނޑޫ: 130,429 ޓަން
5. ފުށް: 114,621 ޓަން
6. ހަކުރު: 67,719 ޓަން
7. މުގު: 350 ޓަން
8. ހިލަ: 1,300,000 ޓަން
9. ހިލަވެލި: 1,300,000 ޓަން

އިންޑިއާ ސަރުކާރުން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ އެ ޤައުމުގެ “ނެއިބަރހުޑް ފަސްޓް ޕޮލިސީ”ގެ ދަށުން ކުރާ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ އިންސާނީ ތަރައްޤީއަށް އަބަދުވެސް އިސްކަމެއް ދޭކަން އިންޑިއާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ކުރިން އިންޑިއާއިން ހަނޑޫ، ހަކުރު އަދި ފިޔާ ބޭރުކުރުން ހުއްޓާލި ނަމަވެސް، ދިވެހިރާއްޖެއަށް ޚާއްސަ ކޯޓާގެ ދަށުން މި ބާވަތްތައް ފޯރުކޮް ފޯރުކޮށްދިން ކަމަށާއި، މިހާރުވެސް އެގޮތަށް ކުރިއަށް ދާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

112

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

ELL Mobile Advertisement TTH_advertisement