ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ކިޑްނީ ޓްރާންސްޕްލާންޓަށް ފުރަތަމަ ބެޗް ދެމަސްތެރޭ ފޮނުވުމަށް ރޭވިފައި

ޔޫ.އޭ.އީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކިޑްނީ ޓްރާންސްޕްލާންޓަށް ފޮނުވާ ފުރަތަމަ ބެޗް އަންނަ ދެމަސްތެރޭގައި ފޮނުވުމަށް ރޭވިފައިވާކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތު ދީފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޢަމަލުކުރާނެ އުސޫލު އެކުލަވާލުމާއި އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އާސަންދައިން ބުނެފައިވެއެވެ. އަދި މިހާތަނަށް ޑޯނަރުން ނެތް ދެ މީހަކު ޝޯޓްލިސްޓް ކުރެވިފައިވާކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ޔޫ.އޭ.އީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ ޖަނަވަރީ 15 ގައެވެ. މިއީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ދާއިމީ ބޮޑެތި ބަލިތަކުަލިތަކުގެ ތެރެއިން ކިޑްނީ ބަލީގެ މަރުހަލާގައި ތިބި ގިނަ ދިވެހިންނަށް އުފާވެރި ޚަބަރެކެވެ.

މީގެ ކުރިން ދިވެހިން ފަރުވާއަށް ދިޔަ ޤައުމުތަކުގެ ޤާނޫނުތަކުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ދަތިތަކެއް ދިމާވެފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ ޔޫ.އޭ.އީ އާއެކު މަޝްވަރާކޮށް، އެ ޤައުމަށް ދިވެހިން ގެންދިއުމާ ގުޅޭ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން “ފަސްޓް ޑިގްރީ” ނުވަތަ ޢާއިލާގެ ތެރެއިން މައިންބަފައިންނާއި ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންގެ ކިޑްނީ ކްރޮސްމެޗް ނުވާ ފަރާތްތަކަށްވެސް އުއްމީދު ލިބިގެންދާނެއެވެ. ޔޫ.އޭ.އީ ގައި ޚާއްޞަ ބޯޑެއްގެ ބެލުމުގެ ދަށުން އިތުރު ތިމާގެ މީހަކަށްވެސް ކިޑްނީ ޑޮނޭޓްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އާސަންދައިން ކުރިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ޚިދުމަތް ފަށައިފި

މިހާރު 18 ތަނަކުން އާސަންދައިން ނަންބަރު އައިނު ހެއްދޭނެ

އައިނު ފިހާރަތަކުން އާސަންދައިގެ ދަށުން އައިނު ހެދޭގޮތަށް ހަމަޖައްސައިފި

Image 20

ފިލިޕީންސްގައި އުޅޭ ދިވެހީންނަށް އާސަންދަ ލިބޭނެގޮތް ހަމަޖައްސައިފި

TTH_advertisement