ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތުުރު 8 ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ފުލުހުންގެ ޚިދުމަތް މުޅި ދިވެހިރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު 8 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަށް، މިއަދު އިސްކަންދަރު ކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ތިން ސަރުކާރު ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު 6 ރަށެއްގައި، ފެނަކަ ކޯޕަރޭޝަނާއެކު އެއް ރަށެއްގައި، އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު އެއް ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކާއެކު، މުޅި މަޝްރޫޢުގެ ދަށުން އެމްޓީސީސީ އާއި އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު، ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ސަރަޙައްދީ އަދި އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކުގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި، ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤީކުރުން ވެސް ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާޙެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރު ނިމޭއިރު ރާއްޖޭގައި ފުލުފާހަގަކޮށްލެވޭ ކަމަކީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރު ނިމޭއިރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. މި އެއްބަސްވުންތަކަކީ އެ ވަޢުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކޮންމެ ކޮންމެ ކަންކޮޅެއްގައިވެސް ފުލުހުންގެ ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ގޮތެއްގައި ފުލުހުންގެ ޚިދުމަތް ލިބި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ އެއްގޮތަށް، ފުލުހުންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ. މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖޭގެ ކޮންމެ ރަށަކީ ފުލުހުންގެ ޚިދުމަތް ލިބެން ހުންނަ ރަށަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ފޮއްދޫ ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

Ii

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ސާމާނުތައް ނައްތާލައިފި

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުން 185 އޮފިސަރުން ދަސްވެނިވެއްޖެ

TTH_advertisement