ކުއްލި ޚަބަރު

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

ރާއްޖެ އަތުން އިންޑިއާއަށް މޮޅެއް

އިންޑިއާ ޤައުމީ ފުޓްބޯޅަ ޓީމު، ދިވެހިރާއްޖޭގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުނު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުގައި 3-0 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ. މި މެޗު ކުޅުނީ އިންޑިއާގެ ޝިލޯންގުގައި ހުންނަ ޖަވާހަރުލާލް ނެހުރޫ ސްޓޭޑިއަމްގައެވެ. މިއީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގިންގ ޓޯނަމަންޓުގެ ކުރިން ބޭއްވުނު ތައްޔާރީ މެޗެކެވެ. އަދި އިންޑިއާގެ އައު ކޯޗު މަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

މި މެޗުގައި އިންޑިއާގެ ކެޕްޓަންކަން ކުރީ، މިދިޔަ އަހަރުގެ ޖޫން މަހު ރިޓަޔަރކުރިކަމަށް އިޢުލާނުކުރި 40 އަހަރުގެ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތުރީއެވެ. މެޗު ފެށުނީއްސުރެ އިންޑިއާއިން ދިޔައީ ދިވެހިރާއްޖެއަށް ބާރުބޮޑުކޮށް ކުޅެމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު އިންޑިއާއަށް ކާމިޔާބުކުރެވުނީ 35 ވަނަ މިނެޓުގައެވެ. އެއީ ކޯނަރ ކިކަކުން ރާހުލް ބޭކޭ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ. އިންޑިއާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 66 ވަނަ މިނެޓުގައި ލިސްޓަން ކޮލާސޯއެވެ. އެއީ މަހޭޝް ސިންގް ނަގައިދިން ބޯޅައަކުންނެވެ.

މެޗުގެ ތިންވަނަ އަދި ފަހު ލަނޑު ކާމިޔާބުކުރީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. އެއީ މެޗުގެ 76 ވަނަ މިނެޓުގައި ލިސްޓަން ނަގައިދިން ބޯޅައަކުންނެވެ. މިއީ ޗެތުރީ ދިވެހިރާއްޖެއާ ދެކޮޅަށް ޖެހި އަށްވަނަ ލަނޑެވެ. އަދި އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރގެ 95 ވަނަ ލަނޑުވެސް މެއެވެ.

މި މެޗަށްފަހު، އޭޝިއަން ކަޕް ކޮލިފައިންގ ޓޯނަމަންޓުގެ ފުރަތަމަ މެޗުގައި އިންޑިއާއިން މި މަހުގެ 25 ވަނަ ދުވަހު އަމިއްލަ ގައުމުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭނެއެވެ. އަދި ހަމަ އެ ދުވަހު ދިވެހިރާއްޖެއިން ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

MPL Rishvan

އެމްޕީއެލްގެ އެޕެރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

MIB Islamic bank

ފަންސަވީސް ވަނަ ދުވަހުން ފެށިގެން އިސްލާމިކް ބޭންކުގައި ޗައިނީޒް ޔުއާން ބޭނުންކުރެވޭނެ: އެމް.އައި.ބީ

TTH_advertisement