ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިނގިރޭސި ވިލާތުގައި މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ (އަންޑަރ ގްރެޖުއޭޓް) ލެވެލްގެ ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯއިން މިފަހަރު ހުޅުވާލާފައިވަނީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ އަށް އެއް ޖާގަ އަދި މެކޭނިކަލް އިންޖިނިއަރިންގ އަށް ދެ ޖާގައެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ އުމުރުން 24 އަހަރުން ދަށުގެ ދިވެހި ރައްޔިތުންނަށެވެ.

މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ސްޓެލްކޯއިން ފުރިހަމައަށް ދޭން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މިއީ ކުންފުނިން ކުރިއަށްގެންދާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެމުން ބުނެފައިވަނީ މި ސްކޮލަޝިޕް ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ވެބްސައިޓުންނާއި ހޮޓްލައިނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު، ކަރަންޓުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ގިނަ ޒުވާނުން ކުރިމަތިލާނެކަމަށް އުއްމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement