ކުއްލި ޚަބަރު

ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ބައިވެރިވެއްޖެ, އަވަހަށް ވަޑައިގަންނަވާ

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ސްކޭމްތަކުން ހޯދާ ފައިސާ އެކައުންޓުން ނެގުމުގެ ކުރިން ފްރީޒް ކުރުމުގެ ބާރު ފުލުހުންނަށް

ސްކޭމްތަކުން ހޯދާ ފައިސާ އެކައުންޓުން ނެގުމުގެ ކުރިން އެ ފައިސާ ޖަމާކުރެވިފައިވާ އެކައުންޓް ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެއެވެ.

ދިވެހިރާއްޖޭގައި ސްކޭމްތަކުގެ މައްސަލަ އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި 2024 ވަނަ އަހަރު ފުލުހުންގެ އިދާރާގައި އެންޓި ސްކޭމް ސެންޓަރެއް ޤާއިމުކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިފައިވެއެވެ. މި އިޞްލާޙުތައް 2023 ވަނަ އަހަރުގެ ޑިސެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވާފައިވެއެވެ. އަދި މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން، އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، އިއްޔެއިން ފެށިގެން ޢަމަލުކުރަން ފެށި މި އިޞްލާޙުތަކުގެ ސަބަބުން، ސްކޭމް މެދުވެރިކޮށް ފޭރިގަނެވޭ ފައިސާ މާލީ ނިޒާމުގެ ތެރެއިން ބޭރުކުރުމުގެ ކުރިން ހުއްޓުވުމުގެ ބާރު ފުލުހުންނަށާއި މާލީ އިދާރާތަކަށް ލިބިގެންދާނެ ކަމަށެވެ.

އިންސްޕެކްޓަރ އާދަމް ނަވީދު ވިދާޅުވީ، މިގޮތުން ސްކޭމްގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމަށް އަންނަ ފޯނު ގުޅުމާ އެކު، އެކަމުގެ މަޢުލޫމާތު މާލީ އިދާރާތަކާ ވަގުތުން ހިއްސާކުރެވޭނެ ކަމަށެވެ. ފޯނު ގުޅުން ނިމޭއިރު، ސްކޭމްގެ ޒަރީޢާއިން މީހެއްގެ އެކައުންޓުން ފޭރިގަނެފައިވާ ފައިސާ ހުއްޓުވުމަށްޓަކައި އެ އެކައުންޓް ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް މިހާރު ޤާނޫނުން ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އާދަމް ނަވީދު ވިދާޅުވީ، ކުރިން ސްކޭމްގެ މާލީ މުޢާމަލާތް ހުއްޓުވުމަށް ކޮންމެ އެކައުންޓެއް ހިފެހެއްޓުމަށް ވަކިވަކިން ކޯޓު އަމުރު ހޯދަން ފުލުހުން ޖެހުނު ނަމަވެސް، މިހާރު އެންމެ ކޯޓު އަމުރަކުން އެތައް އެކައުންޓެއް ހިފެހެއްޓުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

“އެހެންކަމުން، އަޅުގަނޑުމެންނާ ހަމައަށް ސްކޭމެއް ރިޕޯޓުކުރެވި ފޯނު ގުޅުން ނިމޭއިރު، ޙަޤީޤަތުގައި މާލީ އިދާރާތަކަށް ފުކަށް ފުލުހުންގެ ފަރާތުން އެ ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދެވި، އެ އިދާރާއިން އަޅަންޖެހޭ ފިޔަވަޅު އަޅާފައި އޮންނާނެ. އެހެންކަމުން މި އިޞްލާޙާ ގުޅިގެން އަޅުގަނޑުމެންނަށް މާލީ ނިޒާމުގެ ތެރެއިން ފައިސާ ބޭރުވުމުގެ ކުރިން ހުއްޓުވުމުގެ ފުރުޞަތު ލިބިގެންދޭ. މިއީ ރާއްޖޭގެ ސްކޭމްގެ ޙާލަތަށް ބަލާއިރު، އެކަން ހުއްޓުވުމަށް ލިބޭ ވަރަށް ބޮޑު ތަސައްލީއެއް،” އާދަމް ނަވީދު ވިދާޅުވިއެވެ.

އިތުރަށް އާދަމް ނަވީދު ވިދާޅުވީ، ސްކޭމްގެ މައްސަލައެއް މާލީ ނިޒާމުގެ ތެރެއިން ހިނގަމުންދާ ކަމަށް ބޭންކުތަކަށް ޝައްކުކުރެވޭ ހިސާބުން އެކަމެއް ފުލުހުންގެ ސަމާލުކަމަށް ގެންނަން މިހާރު ޖެހޭނެ ކަމަށެވެ.

މީގެއިތުރުން، ފުލުހުން އެދޭ ޙާލަތްތަކުގައި ލިޔެކިޔުމަކާ ނުލައި، ޝައްކުކުރެވޭ ފަރާތްތަކުގެ ބައެއް މަޢުލޫމާތާއި މާލީ މުޢާމަލާތުގެ މަޢުލޫމާތު، މިހާރު ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުގެ ސަބަބުން ބޭންކުތަކުން ފުލުހުންނަށް ހިއްސާކުރަންޖެހޭނެ ކަމަށްވެސް އާދަމް ނަވީދު ވިދާޅުވިއެވެ.

އަދި 48 ގަޑިއިރަށް ފައިސާ އަވަސްގޮތެއްގައި ހިފެހެއްޓުމަށްފަހު، ކޯޓު އަމުރުގެ ދަށުން އެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު ޤާނޫނުން މިހާރު ފުލުހުންނަށް ލިބިދީފައިވާ ކަމަށްވެސް އިންސްޕެކްޓަރ އާދަމް ނަވީދު ވިދާޅުވިއެވެ.

މި އިޞްލާޙުތަކަކީ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށާއި، އެފަދަ ޢަމަލުތަކުން ރައްޔިތުންގެ މުދަލާއި ފައިސާ ޙިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ. މިކަމުގެ ސަބަބުން ސްކޭމްގެ މައްސަލަތައް ތަޙްޤީޤުކުރުމާއި ހުއްޓުވުމުގައި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބި، މިފަދަ ޖަރީމާތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104 151853

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އިންނަމާދޫ ޕޮލިސް ޕޯސްޓް ބިލްޑިންގެ މަސައްކަތް ފަށައިފި

TTH_advertisement