ކުއްލި ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

މާލޭގެ ބާޒާރުމަތިން ނެގި ގަސްތައް ހުޅުމާލޭގައި އިންދަނީ

އައްޑޫ ގަމުގައި މޫސުމާ ބެހޭ އިދާރާގެ އޮފީހެއް އިމާރާތްކުރަން ވެމްކޯއާ ހަވާލުކޮށްފި

އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ފަލަސްތީނުގެ 326 މީހުން ޝަހީދުކޮށްފި

އިސްރާއީލުން ޣައްޒާއަށް ބޮޑު ހަމަލާއެއް ދިނުމާ ގުޅިގެން މަދުވެގެން 326 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. މިއީ ހަމާސްއާއެކު ވެފައިވާ ދެ މަސްދުވަހުގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ހަމަލާއެކެވެ.

އަންގާރަ ދުވަހު ދިން މި ހަމަލާ އަމާޒުކުރެވިފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށެވެ. މީގެ ތެރޭގައި ދެކުނުގެ ޚާން ޔޫނިސްއާއި ރަފާހު، އުތުރުގެ ޣައްޒާ ސިޓީ އަދި މެދުތެރޭގެ ދެއިރް އަލް-ބަލާހު ފަދަ ސަރަހައްދުތައް ހިމެނެއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި މަރުވި ގިނަ ބަޔަކީ ކުޑަކުދިންނެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ “މިހާތަނަށް 326 ޝަހީދުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެނެވިފައިވާ” ކަމަށެވެ. އަދި “އަދިވެސް ބައެއް މަރުވެފައިވާ މީހުން ތަނބުތަކުގެ ދަށުގައި ތިބި” ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ޣައްޒާ ހިންގާ ހަމާސްއިން ބުނެފައިވަނީ އިސްރާއީލުގެ މި ހަމަލާތައް ބަލަނީ ޖެނުއަރީ 19 ގައި ފެށުނު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން އެއްފަރާތުން ބާތިލްކުރުން ކަމަށެވެ.

“ނަތަންޔާހޫ އާއި އޭނާގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ބާތިލްކުރުމަށް ނިންމާފައިވަނީ ޣައްޒާގައި ތިބި ބަންދީން ނޭނގޭ ހާލަތަކަށް ހުށަހަޅައިގެންނެވެ،” ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އަރަބި އަދި އިސްލާމީ ޤައުމުތަކުގެ މީހުންނާއި “ދުނިޔޭގެ މިނިވަން މީހުން” މަގުމައްޗަށް ނުކުމެ މި ހަމަލާއާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ގޮވާލާފައިވެއެވެ.

ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ހަތިޔާރުއެޅި ގްރޫޕުން އިސްރާއީލަށް ތުހުމަތުކޮށްފައިވަނީ “ހަނގުރާމަ ހުއްޓުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއް ގަސްތުގައި ހަލާކުކުރަމުންދާ” ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުން ގެންގޮސްފައިވާ މީހުން ދޫކޮށްލުމަށް ނުވަތަ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން އިތުރަށް ދިގުކުރުމަށް ހަމާސްއިން އިންކާރުކުރުމާ ގުޅިގެން ހަމާސްއާ ދެކޮޅަށް “ވަރުގަދަ ފިޔަވަޅު” އެޅުމަށް ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement