ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ރައީސްގެ އެއްވެސް ނުފޫޒެއް މަޖިލީހަކަށް ނެތް: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް ނުފޫޒެއް ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަނިކުފާނަށް ނޯންނަ ކަމަށެވެ. މި ބަޔާން އައިސްފައިވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ތުހުމަތުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅޭ ބަހުސްގައި، މައުރޫފް ޒާކިރު ވަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ކޮންޓްރޯލް ކުރައްވަމުންދާ ކަމަށާއި، މަޖިލީހުގެ ރައީސްވެސް އެމަނިކުފާނުގެ ބާރުގެ ދަށުގައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ:

“ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެކެވެ. މި ނިޒާމުގައި އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމެއް ނެތި، އެކި ބާރުތައް އެކަކު އަނެކަކަށް ފާރަވެރިވެ މަސައްކަތްކުރާ ގޮތަށް އިންތިޒާމުކުރެވިފައިވާ ވެރިކަމުގެ ނިޒާމެކެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މަޖިލިސް ކޮންޓްރޯލްކުރައްވާ ކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ.”

މީގެއިތުރުން، މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ މަޖިލިސް ހިންގަމުންދަނީ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް އިހާނެތިކޮށް ވާހަކަދެއްކުމަކީ އެއްވެސް މެންބަރަކު ކުރައްވަންވާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ 76 މެންބަރުން ހިމެނިވަޑައިގަންނަވާއިރު، މަޖިލިސް ހިންގަމުންދަނީ ރައްޔިތުންނަށް މަންފާކުރަނިވި ގޮތަށް ކަމަށާއި، ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް މެންބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

މުލީ އެއަރޕޯޓްގެ ޓެސްޓު ދަތުރު ހުކުރު ދުވަހު ކުރިއަށްގެންދާނެ

MTCC Advertisement TTH Advertisement