ކުއްލި ޚަބަރު

އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުނެގުމަށް މާލޭގައި ހަތް ވޯޓް ފޮށި ބަހައްޓާނެ

ޖަރުމަނުގެ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގައި ދެ ގައުމުގެ ފައިސާ ބޭނުންކުރެވޭނެ

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ހިންގޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ ލިބިއްޖެއެވެ.

އިންޑިއާގެ މަރުކަޒީ ބޭންކު ކަމުގައިވާ ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

އިއްޔެ ނެރުނު ސަރކިއުލާއެއްގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ހާމަކުރި ގޮތުގައި، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ހިންގޭ ދ‌ޭދޭ ޤައުމުތަކުގެ މާލީ މުޢާމަލާތްތަކުގައި އޭސިއަން ކްލިއަރިންގ ޔޫނިއަން (އޭސީޔޫ) މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއަން ރުޕީ ބޭނުންކުރެވޭނެއެވެ.

އޭސީޔޫ މެކޭނިޒަމަކީ ސަރަޙައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުޢާމަލާތްތައް ހިންގާ ނިޒާމެކެވެ. އޭސީޔޫގައި ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އިންޑިއާ، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

މި ނިންމުމަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއާ ގުޅިގެން އައި ބަދަލެކެވެ. އިންޑިއާގެ މަރުކަޒީ ބޭންކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ނިންމުމަށް ވަގުތުން ޢަމަލުކުރަން ފެށޭނެއެވެ.

އިންޑިއާއަކީ ދިވެހިރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ޤައުމު ކަމުން، މި ނިންމުމުގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަން ލުއިފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.

މާލީ މުޢާމަލާތްތަކުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށާއި އިންޑިއަން ރުޕީގެ މަޤްބޫލުކަން އިތުރުކުރުމަށް އިންޑިއާއިން ދަނީ މަސައްކަތްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު، ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 10 09 at 11.45.25

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެ: ބީއެމްއެލް

ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ

Ec election commission

ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމަށް އައްޑޫގެ 3 ރަށާއި މާލޭގައި 18 ވޯޓު ފޮށި ބަހައްޓާނެ: އިލެކްޝަން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރުވަނީ

TTH_advertisement