ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

މިފްކޯގެ މަސް ބަންދުކުރާ ފެސިލިޓީއެއް ހުޅުމާލޭގައި އަޅަނީ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައިއަޅާ މަސް ބަންދުކުރާ ކާރުޚާނާ ހުޅުމާލޭގައި އެޅުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން ނިންމައިފިއެވެ.

މިފްކޯއިން ވިދާޅުވީ ކަނޑުއޮތްގިރީގައި މަސް ބަންދުކުރާ ފެސިލިޓީއެއް ހެދުމަށް މީގެ ކުރިން ނިންމި ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއެކު ހުޅުމާލެއިން އެކަމަށް ބިމެއް ލިބޭގޮތްވުމުން ކަނޑުއޮތްގިރި ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެ ފެސިލިޓީ ހުޅުމާލޭގައި އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިހާރު ބިން ހަމަޖައްސަވައިދެއްވާފައިވާކަމަށް މިފްކޯއިން ވިދާޅުވިއެވެ.

މިފްކޯއިން ވިދާޅުވީ މަސްބަންދުކުރާތަން އެޅުމަށް ލޯނު ހަމަޖެހިފައިވާ ކަމަށާއި މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އުންމީދަކީ ފެސިލިޓީން ފަސޭހަކަމާއެކު މަސް ޕްރޮސެސް ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުންކަމަށް މިފްކޯއިން ވިދާޅުވިއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީއާއި ދިވެހި ސަރުކާރު ގުޅިގެން މިފްކޯގެ މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް އެޅުމަށް ހަމަޖެހިފައިވާ މި ފެސިލިޓީއަށް 65 މިލިޔަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވެއެވެ. މިއީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓީއެކެވެ.

ކަނޑުއޮތްގިރިއަކީ މިފްކޯގެ ގިނަ އުފެއްދުންތަކެއް ތައްޔާރުކުރުމަށް ބޭނުންކުރި ރަށެކެވެ. ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުގެ މަޝްވަރާއިން ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

މި މަހު މަސްވެރިންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

masverin

މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފި

mifco ceo faruhath

ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ

mifco ceo faruhath

ރޯދަ ހަދިޔާގެ ގޮތުގައި 118،000 މަސްދަޅު ކޭސް މިފަހަރު ބަހާނެ: ފަރުޙަތު

TTH_advertisement