ކުއްލި ޚަބަރު

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

މިނިސްޓަރު ފެންވަރުގައި ނަރީޝް ޔޫތް މިނިސްޓަރުގެ އެޑްވައިޒަރަކަށް

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ނަރީޝް، މިނިސްޓަރު ފެންވަރުގެ މަޤާމަކަށް ޔޫތު މިނިސްޓްރީއަށް އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އަލްފާޟިލާ ހީނާ ވަލީދު “ވަން” އަށް މަޢުލޫމާތު ދެއްވިގޮތުގައި، އަޙްމަދު ނަރީޝް އައްޔަނުކުރައްވާފައިވަނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަޙީދު (އަސްވާޑު) ގެ ލަފާދޭ ފަރާތެއްގެ މަޤާމަށެވެ. މި މަޤާމަށް ނަރީޝް އައްޔަނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ހީނާ ވިދާޅުވިއެވެ.

ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރުކަމާއި މާފަންނު މެދު ދާއިރާގެ ކައުންސިލަރުކަމުން އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އިސްތިޢުފާ ދެއްވުމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ނަރީޝް ފާހަގަކުރައްވާފައިވަނީ، ޑެޕިއުޓީ މޭޔަރުކަމުގައި ހޭދަކުރެއްވި ދުވަސްތަކަކީ ވަޒީފާގެ މާޙައުލުގައި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. އަދި އެ މަޤާމަށް އިންތިޚާބުކުރެއްވުމަށް ތާއީދުކުރައްވައި ވޯޓު ދެއްވި ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ނަރީޝް ކައުންސިލަށް އިންތިޚާބުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ނަރީޝްގެ އިސްތިޢުފާއާ ގުޅިގެން، މިއަދު ވަނީ މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރު މުޙައްމަދު އަރީޝް އިންތިޚާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

112

ގައުމީ އެންޖީއޯ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ ވުޒާރާގެ ޔޫތު ކޭމްޕު ފަށައިފި

Aswaaa

ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

TTH_advertisement