ކުއްލި ޚަބަރު

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

މިއަހަރު އެއްމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން

މިއަހަރުގެ ފުރަތަމަ 70 ދުވަސްތެރޭ ރާއްޖެއަށް ބައި މިލިއަން ފަތުުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު އެއްމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައި ބުނެފައިވަނީ މާރިޗް 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 500،233 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 478،416 ފަތުރުވެރިންނެވެ. އެއީ 4.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދުވަސްވަރު ދުވާލަކު 7146 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުގައި ވެސް އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 63478 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސިވިލާތާއި ރަޝިއާއިންނެވެ. ޖުމްލަ ފަތުރުވެރިންގެ ތެރެއިން ޗައިނާއިން 12.7 އިންސައްތަ ހިއްސާވެއެވެ.

ބައި މިލިއަން ފަތުރުވެރިންގެ ތެރެއިން 345495 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެއީ ޖުމްލަ އަދަދުގެ 69.1 އިންސައްތައެވެ. ރާއްޖޭގެ ގެސްޓްހައުސްތަކަށް 127،954 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ ޖުމްލަ ޒިޔާރަތްކުރި ފަތުރުވެރިންގެ 25.6 އިންސައްތައެވެ.

ރާއްޖެގޭ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ މިދިޔަ އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 2.2 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

8ް0999999999

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

398171 f8751cf9 9

އެސްއޯއީތަކާ ބައްދަލުކޮށް މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މަޝްވަރަކުރައްވައިފި

72999222536383

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

MTCC Advertisement TTH_Advertisement