ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށް ހުކުމް ކޮށްފި!

މަސްޖިދުއްނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގޭގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލުން ހުޅުވާލައިފިއެވެ.

އުއްތަމަ ފަނޑިޔާރުގޭގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ، އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާގެ އިސްތިޢުފާއަށް މަގުފަހިވީ، އޭނާއާ މެދު ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤު ކުރަމުންދާކަން ޖޭއެސްސީއަށް އެންގުމާ ގުޅިގެން، އޭނާ ވަގުތީގޮތުން މަޤާމުން ދުރުކުރުމުންނެވެ.

އޭނާ ވަގުތީގޮތުން މަޤާމުން ދުރުކުރުމަށްފަހު، އިތުރު ބައެއް މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅި، އެ މައްސަލަތައް ބެލުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވެއެވެ.

ޙުސްނުއްސުޢޫދުގެ އިސްތިޢުފާގެ ސިޓީ ޖޭއެސްސީއަށް ލިބުމާ ގުޅިގެން، އެ ކޮމިޝަނުން ވަނީ އޭނާގެ އިސްތިޢުފާ ޤަބޫލުކޮށް، އުއްތަމަ ފަނޑިޔާރުގޭގެ ފަނޑިޔާރުކަމުން އޭނާ ވަކިކޮށްފައެވެ.

މި މަޤާމަށް ކުރިން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލައްވާފައިވަނީ ހަމައެކަނި ކުރީގެ ޤާޟީ މަރްޔަމް ނިހާޔަތު އެވެ.

ޖޭއެސްސީން މިރޭ ނެރުނު އިެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރުގޭގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވަނީ، ފުރަތަމަ ފުރުޞަތުގައި އެކަށީގެންވާ އަދަދަކަށް ހުށަހެޅުންތައް ލިބިފައިނުވާތީއެވެ.

އުއްތަމަ ފަނޑިޔާރުގޭގެ ފަނޑިޔާރުކަމަށް މިފަހަރު ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:

1. އަހުލުއްސުންނަތު ވަލްޖަމާޢަތުގެ މުސްލިމަކު ކަމުގައިވުން
2. އުމުރުން 30 އަހަރު ފުރިފައިވުން
3. އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
4. މަދުވެގެން 7 އަހަރުދުވަހުގެ ޤާނޫނީ ވަކީލުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ތަޖުރިބާ ލިބިފައިވުން
5. ސިޔާސީ މަޤާމެއް ފުރަމުންނުދާ އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން
6. އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން

ފަނޑިޔާރު ޙުސްނުއްސުޢޫދު ވަގުތީގޮތުން މަޤާމުން ދުރުކުރުމާ ގުޅިގެން އިސްތިޢުފާ ދެއްވިއިރު، އިތުރު ދެ ފަނޑިޔާރަކާ ގުޅޭ މައްސަލަތަކެއްވެސް ޖޭއެސްސީން ދަނީ ތަޙުޤީޤުކުރަމުންނެވެ. އެއީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Large 172456603054urak

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

addu-flat

15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް %40 ނިމިއްޖެ

397949 6b57dad9 e

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

MTCC Advertisement TTH Advertisement