ކުއްލި ޚަބަރު

މޫސުމީ ދޫނިތައް ހިފާނަމަ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ

332

އިކޮނޮމިކް މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝައްމަ އިސްމާއިލް އައްޔަނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އޭނާ އައްޔަނު ކުރުމަށްފަހު މަރުހަބާ ކިޔައިފައެވެ.

ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ޝައްމަ މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ކަމާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާސްގެ މަގާމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓެންޓުގެ މަގާމު އަދާކުރައްވާފައެވެ.

ޝައްމަ އެންމެ ފަހުން ފުރުއްވީ ކޮންޒިއުމާ އޮމްބަޑްސްމަންގެ މަގާމެވެ. އެ މަގާމަށް ޝައްމަ އައްޔަނު ކުރީ މިދިޔަ ސަރުކާރުންނެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ހުސްވީ 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމަށްފަހު އެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމައެއްނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

893

ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެކްސްޕޯރޓް، އިމްޕޯރޓް ޚިދުމަތްތައް ޓްރޭޑިއަން އަށް ބަދަލުކުރުން ފަސްކޮށްފި

Chinn

މަސްވެރިކަމުގެ ވިޔަފާރި ފުޅާކުރަން ޗައިނާއާ އެކު މަޝްވަރާކޮށްފި

88829

އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ޓިކްޓޮކާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި 

TTH_advertisement