ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

 4000 ފްލެޓަށް ކުރިމަތިލީ އެންމެންނަށް މި ދައުރުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ: މިނިސްޓްރީ

ކުރީގެ ސަރުކާރުން ހުޅުވާލި 4،000 ފްލެޓުގެ ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅައި ފުރުސަތު ނުލިބުނު އެންމެންނަށް އަލުން ފްލެޓް މަޝްރޫއަކަށް ކުރިމަތިލާން ނުޖެހި މި ދައުރުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމަށް ގާތްގަނޑަކަށް 20،000 މީހުން ފޯމު ހުށަހެޅި ނަމަވެސް، މީގެ ތެރެއިން 4،000 ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ވެރިފައިކޮށް، ޝަރުތު ހަމަވި ލިސްޓެއް މިދިޔަ މަހުގެ 28 ގައި އާއްމުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، 4،000 ފްލެޓް ލިބުމުގެ ފުރުސަތު ނުލިބޭ އެންމެނަށް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ފަހަރު ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފޯމުތައް ވެރިފައި ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް އޮންނާނެ ކަމަށާއި، މިހާތަނަށް 700 އެއްހާ ޝަކުވާ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ރައީސް މުއިއްޒު ވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް މީހަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ގެދޮރުގެ މައްސަލަ ހައްލު ނުވެ ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާފައެވެ. އަދި ރަސްމާލެ، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު އެއްވުމުން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބޭނެ ކަމަށާއި، ގެދޮރަށް ހާއްސަކޮށް ތައާރަފްކުރާ ލުއި ލޯނާއި އެހެން ވެސް ފުރުސަތުގެ އެހީގައި ރައްޔިތައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފްލެޓް ކުއްޔާއި ޑައުންޕޭމަންޓަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލެެއް ގެނެސްދޭނަން: ރައީސް

Ii

އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ހައުސިން ސްކީމުތަކަށް ކުރިމަތިލެވޭނެ: ރައީސް

ތިންވަނަ ފިޔަވަހި ބާރަށް ކުރިއަށް، މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވޭ

400 flats gedoru veriyaa

ފުލެޓުތަކުގެ ބޮޑުވި ފެން ބިލު ދައްކާނީ އެފްޑީސީން: އެމްޑަބްލިޔުއެސްސީ

TTH_advertisement